ވިލް ސްމިތް ކްރިސް ރޮކް މޫނު މަތީގައި ޖަހާ މަންޒރު

މުނިފޫހިފިލުވުން

ވިލް ސްމިތް އަށް ޕްރެޝަރު ބޮޑުވެ އޮސްކާ އެކެޑެމީ އިން އިސްތިޢުފާ ދީފީ

އަލީ އަޒްޔަން - ޔޫރަޕް | 2 އޭޕުރިލް 2022 , ހޮނިހިރު 12:51   215

އޮސްކާގައި ކްރިސް ރޮކް އަށް ހަމަލާ ދިނުމަށްފަހު ވިލް ސްމިތް 'އޮސްކާ އެކެޑެމީ' އިން އިސްތިއުފާ ދީފި އެވެ.

ބީބީސީ ބުނާގޮތުން ސްމިތްގެ އިސްތިއުފާ އެ އެކެޑެމީ އިން ވަނީ ޤަބޫލުކޮށްފައެވެ. ނަމަވެސް ފިޔަވަޅު އެޅުންތައް ކުރިއަށް ދާނެއެވެ.

ސްމިތް ވަނީ ކްރިސް އާއި އޭނާގެ ޢާއިލާ އަދި އެކެޑެމީގެ ކިބައިން މާފަށް އެދިފައެވެ. "މަގޭ ހިތް ވަނީ ހަލާކުވެފައި" އޭނާ ބުނެފައި ވެއެވެ.

އޮސްކާ އެކެޑެމީ އިން ވިލް ސްމިތް ވަކި ވުމަކީ ވަރަށް ބޮޑު ފަޚުރެއް ދޫކޮށްލުމެވެ. އެއީ އެއެކެޑެމީގެ މެމްބަރުކަން ކޮންމެ ކޮންމެ މީހަކަށް ނުދޭތީ އާއި އެއެކެޑެމީ އިން ދަޢުވަތު ދީގެން ނޫނީ މެމްބަރުކަން ނުލިބޭތީއެވެ.

ވީޑިއޯ: އޮސްކާ އެވޯޑްގައި ކްރިސް ރޮކްގެ މޫނުމަތީގައި ވިލް ސްމިތް ޖަހާ މަންޒަރު

މާޗް މަހުގެ 28 ވަނަ ދުވަހު ބޭއްވުނު 94 ވަނަ އޮސްކާ އެވާރޑް ދިނުމުގެ ރަސްމިއްޔާތުގައި ވިލްސްމިތް، އޭނާއާއި އެއްކޮށް މީގެ ކުރިން މަސައްކަތްކޮށްފައިވާ ހެއްވާމަޖާ ކޮމީޑިއަން ކްރިސް ރޮކް ސްޓޭޖް މަތީގައި ދެއްކި ޖޯކްވާހަކަ އަކާއި ރުޅިގަދަވެ ކްރިސްގެ ކަންފަތްމަތީ ބާރަކަށް ޖެހީ މުޅި ދުނިޔެ ކުރިމަތީގައެވެ.

ސްމިތް ކްރިސް ގައިގައި ޖެހީ އޭނާގެ އަންހެނުނާއި ގުޅުވައިގެން ޖޯކް ޖެހުމުންނެވެ.

ވީޑިއޯ: ވިލް ސްމިތްގެ އެވޯރޑް ލިބުނު ފިލްމް 'ކިންގް ރިޗާރޑް' ގެ ޓްރެއިލަރ

ޖެހިތާ ގަޑި އިރެއްވެސް ނުވަނީ ސްމިތް އަށް 'ކިންގް ރިޗާރޑް' ގައި އޭނާ ކުޅުނު ރޯލަށް 'އެންމެ މޮޅު އެކްޓަރު' ގެ އެވާރޑް ވަނީ ލިބިފައެވެ. ކިންގް ރިޗާޑް ފިލްމަކީ އެއްބަނޑު އެއްބަފާ ދެ ޓެނިސް ކުޅުންތެރިން ކަމަށްވާ ސެރީނާ އާއި ވީނަސް ވިލިއަމްސް ގެ ޙާޔާތާއި ގުޅޭގޮތުން ޙަޤީގީ ވާހަކައަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ކްރިސް ވަނީ ސްމިތް އާއި ދެކޮޅަށް މައްސަލަ ނުއުފުލާނެކަމަށް ބުނެފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.