އަޖޭ ދޭވްގަން

މުނިފޫހިފިލުވުން

އަޖޭ ދޭވްގަން ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމު އުފެއްދުމަށް ތައްޔާރުވަނީ

އަލީ އަޒްޔަން - އިންޑިއާ | 3 އޭޕުރިލް 2022 , އާދީއްތަ 14:20   425

މިއަދަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއްތަރި ކަމަށްވާ އަޖޭ ދޭވްގަން އަށް 53 އަހަރު ފުރޭ ދުވަހެވެ. ގިނަބަޔަކު އޭނާ ދެކެނީ ނަސީބުވެރިއެއްގެ ގޮތުގައެވެ.

ނޮވެމްބަރު 2021 ގެ ފަހުން ތިން ފިލްމު ކުޅެފައިވާއިރު އެތިން ފިލްމް ވެސް ވެގެން ގޮސްފައިވަނި ހިޓް ފިލްމްތަކުގެ ގޮތުގައެވެ.

އަޖޭ މިހާރު މަސައްކަތް ކުރަމުންދާ 'ރަންވޭ 34' އަދި ނުނިމެއެވެ. އަޖޭ އާއި އެކު އަމީތާބު ބައްޗަން އަި ރަކުލް ޕްރީތް ސިންގ ޢީދު ބަންދާއި ދިމާކޮށް ނެރެން ތައްޔާރުވާއިރު ގިނަބަޔަކު ދެކޭ ގޮތުގައި މިއީ ކާމިޔާބު ފިލްމަކަށް ވާނެއެވެ.

ވީޑިއޯ : ރަންވޭ 34 ގެ އޮފިޝަލް ޓްރެއިލާރ

ޚަބަރުތައް ބުނާގޮތުން މި ފިލްމް ނުނިމެނީސް އަޖޭ ވަނީ ވަރަށް އަގުބޮޑު ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. 'ރަންވޭ 34' ނިމުމުން މިފިލްމްގެ މަސައްކަތް ހަލުވިވާނެ ކަމަށް ބެލެވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި މިފިލްމް ތައްޔާރުކުރަން ނިންމާފައިވަނީ 400 ކުރޯޑަށް ވުރެ ބޮޑު ބަޖެޓަކުންނެވެ. އެއީ މިހާތަނަށް ބޮލީވުޑު ނުދެކޭ ވަރުގެ ބޮޑު ބަޖެޓެކެވެ. އަޖޭ މިފިލްމާއި ގުޅޭގޮތުން ސީދާގޮތެއްގައި ވާހަކަ ދައްކާފައި ނުވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.