ދުޅަހެޔޮ ސިއްޙައްތެއްގައި ތިބޭ މުސްލިމުން ރޯދަމަހު ޢާއްމު ތަންތާ ކައިބޮއި ހަދާނަމަ ހައްޔަރުކޮށް އަދަބުދޭނެ ކަމުގެ އިންޒާރު އެޤައުމުގެ ކަމާއި ގުޅޭ އިދާރާތަކުން ދީފިއެވެ.
މިހާރު ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތުގެ މަޤްޞަދަކީ ރޯދަމަހުގެ އަޅުކަމަށް އިޙްތިރާމްކުރުމެއް ނެތި، ހެޔޮ ހާލުގައި ތިބޭ މީހުން ޢާއްމު ތަންތާ ކައިބޮއެ ހެދުން ހުއްޓުވުމެވެ.
މެލޭޝިއާގެ ޤާނޫނު ބުނާގޮތުން ފުރަތަމަ ފަހަރަށް އެފަދަކަމެއް ކޮށްފިނަމަ 1،000 ރިންގެޓް (ގާތްގަނޑަކަށް 3،600 ދިވެހި ރުފިޔާ) އިން ޖޫރިމަނާކުރާނެ އެވެ. ނޫނީ ހަ މަސް ދުވަސް ވަންދެން ޖަލަށް ލާނެއެވެ. ބައެއް ޙާއްލަތްތަކުގެ މިދެކަން އެއްފަހަރާ ތަންފީޒުކޮށްފައި އެބަހުއްޓެވެ.
ދެވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ ކޮށްފިނަމަ 2،000 ރިންގެޓް (ގާތްގަނޑަކަށް 7،200 ދިވެހި ރުފިޔާ) އިން ޖޫރިމަނާކުރާނެ އެވެ. ނޫނީ ހަ މަސް ދުވަސް ވަންދެން ޖަލަށް ލާނެއެވެ.
އަދި އެފަދަ ޚިދުމަތެއް ފޯރުކޮށްދިން ފަރާތަކާއި ދޭތެރޭ ވެސް ފިޔަވަޅު އަޅައެވެ.