ސިނަމާލެ ބްރިޖްގެ އޭރިއެލް ފޮޓޯއެއް - ސީއެސްނެކް

ހަބަރު

ސިނަމާލެ ބްރިޖް ހުޅުވުނު ފަހުން 100 މިލިއަން ދަތުރުކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 4 އޭޕުރިލް 2022 , ހޯމަ 22:19   392

ޗައިނާއިން ޢިމާރާތްކުރި ސިނަމާލެ ބްރިޖް (ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް) އަކީ ދިވެހިރާއްޖޭގައި ކަނޑުހުރަސްކޮށް ހެދުނު ފުރަތަމަ ބްރިޖެވެ.

ގާތްގަނޑަކަށް 70 މީޓަރ (230 ފޫޓު) އަޑީގައި ފައުންޑޭޝަން އަޅާފައިވާ މިބްރިޖް 210 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން 126 މިލިއަން ޑޯލަރު ޗައިނާ ސަރުކާރުން ގްރާންޓްގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ.

ދިގު އިންތިޒާރުތަކަކަށް ފަހު ހެދުނު މި ދެ ކިލޯމީޓަރުގެ މިބްރިޖްގެ ސަބަބުން ދިވެހީންގެ ދިރުއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިއަށް ވަނީ އިންގިލާބެއް ގެނެސްދީފައެވެ.

ޗައިނާ އިން ދާދި ފަހުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިބްރިޖްހުރަސްކޮށް 100 މިލިއަނަށް ވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ. މިއީ ދިވެހިރާއްޖެގެ އިޤްތިސޯދު ކުރިއަރުވަން ލިބުނު ބޮޑު ބާރަކަށް ވަނީ ވެފައެވެ.

ވީޑިއޯ : ސިނަމޭލެ ބްރިޖްގެ މަސައްކަތް ދިޔަގޮތާއި ހުޅުވުން ދައްކުވައިދޭ ކުރު ވީޑިއޯއެއް.

މިބްރިޖްގެ ސަބަބުން މީގެ ކުރިން 30-45 މިނެޓުން ކަނޑުހުރަސްކޮށް ކުރިދަތުރުތައް ވަނީ އެންމެ 5 މިނެޓަށް ތިރި ކުރެވިފައެވެ.

ޗައިނާ ހާބަރ އިންޖިނިއަރިންގ ކުންފުނިން ޢިމާރާތްކުރި މިބްރިޖްގެ މަސައްކަތް ނިމި ހުޅުވުނީ 30 އޯގަސްޓް 2018 ވަނަ އަހަރުއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.