ދުނިޔޭގެ އެންމެ މުއްސަދި މީހާ އަދި ޓެސްލާ ކުންފުނީގެ ފައުންޑަރ، އީލާން މަސްކް

ޓެކްނޯލޮޖީ

ޓެކް ޖަޔަންޓް މަސްކް ޓްވިޓާގެ ހިއްސާގެ ބޮޑުބައެއް ގަނެފި

އަލީ އަޒްޔަން - އެމެރިކާ | 5 އޭޕުރިލް 2022 , އަންގާރަ 23:49   326

ސޯޝަލް ނެޓްވޯކް 'ޓްވިޓާރ' ގެ ހިއްސާގެ 9.2 ޕަސެންޓް ގަނެގެން އެކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަށް ވުމުގެ އިތުރުން، އެކުންފުނީގެ ބޯޑުން ޖާގަ ހޯދައިފިއެވެ.

މަސްކް ވަނީ މިކަމަށްޓަކައި އޭނާގެ މިލްކިއްޔާތުން 2.89 ބިލިއަން ޑޮލަރު (ދިވެހި ރުފިޔާއިން އަންދާޒާކުރާއިރު ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާ) ޚަރަދުކޮށްފައެވެ.

މި ބަދަލާއި އެކު ޓްވިޓާ އަށް އަންނާނެ ބަދަލުތައް އަދި ސާފު ނުވެއެވެ. ނަމަވެސް މި މުޢާމަލާތުގެ ސަބަބުން ޓްވިޓާގެ ޙިއްސާގެ އަގު ވަނީ 27 ޕަސެންޓަށް ވުރެވެސް ބޮޑަށް އުފުލިފައެވެ.

ވޭތުވެދިޔަ ތަނުގައި ޓްވިޓާރ އަށް ވަރަށް ބޮޑަށް ކިޔާ ހެދިއެއްކަމަކު، އޭނާ އަކީ ވިޔަފާރީގެ ކަންކަމުގެ އިތުރުން ބައެއް ސިޔާސަތުތަކުގެ ވާހަކަ ދައްކަން އޭނާ އަށް މިޕްލެޓްފޯމް ވަރަށް ކަމުދެއެވެ.

ޓްވިޓާގައި ޢުމުރުން 50 އަހަރުގެ މަސްކް ފޮލޯކުރާ 80 މިލިއަނަށް ވުރެ ގިނަމީހުން ތިބެއެވެ.

މަސްކް ޙިއްސާ ގަތް ފަހުން އޭނާ ވަނީ ޓްވިޓާއަށް އެޑިޓް ފީޗާއެއް ގެނައުމާއި ގުޅޭގޮތުން އޭނާގެ ފޮލޯވަރުން ކުރެން ސުވާލުކޮށްފައެވެ. މީގެ ކުރިން އޭނާ ވަނީ ޚިޔާލު ފާޅު ކޮރުމުގެ މިނިވަންކަން ޓްވިޓާގަ އޮވޭތޯ ވެސް ފޮލޯވަރުން ކުރެން އަހާފައެވެ. އެފަހަރު ފޮލޯވަރުންގެ ތެރެއިން 70 ޕަސެންޓް މީހުން ބުނެފައިވަނީ ނޯންނަ ކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.