ލިވަރޕޫލް އަދި މިސްރުގެ ފުޓްބޯޅަޓީމް ފޯރވާޑް، މުޙައްމަދު ސަލާޙް

ކުޅިވަރު

މިސްރުގެ ސަލާޙް ބޭނުންވަނީ ލިވަރޕޫލް އާއެކު ކޮންޓްރޭކް އާކުރަން

އަލީ އަޒްޔަން - ޔޫރަޕް | 6 އޭޕުރިލް 2022 , ބުދަ 13:28   365

އިނގިރޭސި ޕްރެމިއާރ ލީގުގައި ލިވަރޕޫލަށް ކުޅޭ މިސްރުގެ ފުޓުބޯޅަ ތަރި މުޙައްމަދު ސަލާޙް، އޭނާގެ ކޮންޓްރޭކް އާކުރަން ބޭނުންވާކަމަށް މިސްރުގެ ސްޕޯރޓްސް މިނިސްޓަރ އަޝްރަފް ސޮބްނީ ވިދާޅުވެއްޖެއެވެ.

ސޮބްނީ ބުނީ ސަލާޙް (29އ) އަށް ލިވާރޕޫލް ނޫން ޓީމަކަށް ދާން ނަސޭޙަތްތެރި ވިކަމަށާއި، އެކަމަކު އޭނާ ބޭނުންވަނީ ލިވަރޕޫލް އާއި އެކު އޮތް ކޮންޓްރޭކް އާކުރަން ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ލިވަރޕޫލްގެ މެނޭޖަރ ޖާރގަން ކްލޮޕް ބުނެފައިވަނީ މިހާރު އާދެވިފައިވާ ހިސާބުން އޭނާ 'އުފާ' ވާކަމަށެވެ.

ޖެނުއަރީ މަސްތެރޭ ލިވަރޕޫލްގައި މަޑުކުރަން ބޭނުންވާކަމަށް ސަލާޙް ބުނެފައިވެއެވެ.

އިޓަލީގެ ރޯމާއިން 34މ. ޕައުންޑެ ޑީލަކަށް، 2017 ވަނަ އަހަރު ލިވާރޕޫލަށް ބަދަލުވިފަހުން އޭނާ ވަނީ އެޓީމަށް 240 މެޗް ކުޅެދީ 153 ގޯލް ޖަހާދީފައެވެ.

އަދި ލިވަޕޫލް އިން ވަނީ 2019 އަދި 2020 އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.