ކޯލީޝަނުން ވަކިވި އެކޯލީޝަންގެ ޗެއަރ، އިޑިޓް ސިލްމޭން، އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގައި ނުފޫޒުގަދަ ފަރާތެއް އަދި ޔަމީނާ ޕާޓީގެ މެމްބަރެއް.

ދުނިޔެ

ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލި އިޒްރޭލް ސަރުކާރު ނުރައްކަލައް ވެއްޓިއްޖެ

އަލީ އަޒްޔަން - އޮސްޓުރޭލިއާ | 7 އޭޕުރިލް 2022 , ބުރާސްފަތި 12:00   374

އިޒރޭލުގެ ޤާނޫނު ހަދާމަޖިލީހުގެ މުހިއްމު މެމްބަރަކު، މިހާރު އުފެދިފައިފާ ކޯލީޝަން ސަރުކާރާއި ވަކިވުމުން އިޒްރޭލު ސަރުކާރަށް މެޖޯރިޓީ ގެއްލި ސަރުކާރު ކުރަކި ވެއްޖެއެވެ.

މިހާރު ކޯލީޝަނުން އިސްތިއުފާ ދީފައިވާ އިޑިޓް ސިލްމޭން އަކީ މިހާރު އޮތް ސަރުކާރު ހިންގާ ކޯލީޝަނުގެ އެންމެ އިސްފާރާތް (ޗެއާ) އެވެ. އޭނާގެ އިސްތިޢުފާގެ ސިޓީގައި ބުނެފައިވަނީ ކޯލީޝަނުން ދޫދޭން ތައްޔާރުނޫން ކަމަށާއި ސަރުކާރުގެ މިސްރާބު މިހާރު ހުރީ ސަރުކާރު ހޮވަން ވޯޓުދިން ކަނާތު ފިޔައިގެ (ވަޠަނީ ވިސްނުމުގެ) މީހުން އެދޭގޮތަށް ކަމަށް ޤަބޫލު ނުކުރާކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިހާރު އޮތް ކޯލީޝަން ރޫޅާލައި ޤައުމިއްޔަތު އިސްކުރާ މީހުންނާއި، ޔަހޫދީންނާއި، ޒައެނިސްޓުންގެ ކަނާތުފިޔައިގެ ކޯލީޝަނެއް އަލުން އެކުލަވާލަން ޖެހިފައިވާކަމަށެވެ.

ވާތުފިޔައިގެ މީހުންގެ ބާރުގަދަވެ މިދިޔަ ދިޔަ ދެއަހަރެއް ހާދުވަހު މިދިޔައީ މިހާރުއޮތް ސަރުކާރު ވަރަށް ބޮޑު ފިއްތުމެއްގައި އޮވެއެވެ. ރަނގަޅަށް ސަރުކާރު ހިނގައިނުގަނެވިއެވެ.

ޤާނޫނު ހަދާ މަޖިލީސް ޗުއްޓީއަށް ގޮސްފައިވާއިރު، އެނބުރި އައުމުން ސަރުކާރުން ހުށަހަޅާ ބިލުތައް ފާސްކުރަން ބޭނުންނަމަ އިދިކޮޅު މެމްބަރަކު ވޯޓުނުދީ ކާމިޔާބު ނުކުރެވޭނެއެވެ.

މިހާރުގެ އިޒްރޭލްގެ އިދިކޮޅު ލީޑަރަކީ ކުރީގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އުމުރުން 73 އަހަރުގެ ނަތަންޔާހޫގެ ކަރަޕްޝަނާއި ފަސާދައި އެތައް މައްސަލައެއް އަންނަނީ 2016 ފެށިގެން ތަޙްޤީގް ކުރަމުންނެވެ. އަދިވެސް އޭގެތެރެއިން ގިނަ މައްސަލަތައް ހުރީ ނުނިމިއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.