އީކުއޭޓާ ވީލެޖް ރިސޯޓްގެ ބީޗް ސަރަޙައްދު

ހަބަރު

އީކުއޭޓަރ ވިލެޖް ބީޗްގައި ޕްރައިވެޓް ރޯދަވީއްލުން

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޭޕުރިލް 2022 , ބުރާސްފަތި 13:37   232

އެކަހެރިކޮށް ދެމަފިރިން ނުވަތަ ޢާއިލާއާއި އެކު ހަމަހިމޭން މާާޙައުލަކުން ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކަށް އީކުއޭޓަރ ވިލެޖަކީ އައްޑޫގައި މިވަގުތު ތިބި ރަށުން ބޭރުގެ މެހެމާނުންނާއި ރަށުގެ ކުދިބޮޑު ހުރިހާ އެންމެނަށް ވެސް ހުޅުވިގެންދާ ރަނުގެ ފުރުޞަތެއްކަން ޔަޤީނެވެ.

އީކުއޭޓަރ ވިލެޖުން ހާމަކޮށްފައިވާގޮތުން އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ދެމަފިރިން އެކުގައި ނުވަތަ ޢާއިލާ އެންމެން އެކީގައި އެކަހެރިކޮށް (ޕްރައިވެޓްކޮށް) ރޯދަވީއްލޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އަދި މިރޯދަ ވީލުންތައް މިފަހަރު ބާއްވާނީ ވެސް ބީޗްގައެވެ. އެހެންކަމުން ބޭރުން ރޯދަވީއްލަން ބޭނުންވާ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމާއި އުފާ ލިބޭނެކަމަށް އެފަރާތުން ބުނެއެވެ.

"މެނޫ އަށް ބަލާއިރު ދިވެހިންނަށް ވަރަށް ކަމުދާ ކެއުން މިހިރީ. ހުކުރު ދުވަހަކީ ވަކިން ޚާއްސަދުވަހެއް. ވަރަށް ތަފާތު ވާނެ." އިތުރަށް ކިޔާދިނެވެ.

ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހެއްގައި ކޮންމެ މީހަކަށް ޗާޖުކުރާނީ 250 ރުފިޔާއެވެ. އަދި ހުކުރު ދުވަހުގެ ޚާއްސަ މެނޫ ވިއްކުމަށް ހަމަޖެހިފައިވަނީ މީހަކަށް 275 ރުފިޔާ އަށެވެ.

އިތުރު މަޢްލޫމާތު އީކުއޭޓަރ ވިލެޖް ރިސެޕްޝަން ނަމްބަރ 6899000 އިން ލިބޭނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.