ފީފާ ވޯލްޑްކަޕް ޓްރޮފީ

ކުޅިވަރު

ވޯލްޑްކަޕް 2022: ގްރޫޕް ސްޓޭޖްގެ ކޮންމެ ޓީމަކަށް 10 މިލިއަން ޑޮލަރު، ޗެމްޕިއަން ޓިމަށް ކިހާވަރެއްބާ؟

އަލީ އަޒްޔަން - ދުނިޔެ | 8 އޭޕުރިލް 2022 , ހުކުރު 20:57   286

މިހާތަނަށް ދުނިޔޭގެ 211 ޤައުމަކުން ވޯލްކަޕް ހޯދުމަށް މަސައްކަތް ކޮށްފައިވާއިރު މިތަށި ހޯދަން ކޮންމެ ޤައުމަކުންމެ ބޭނުންވެއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން އޭޕްރިލް އެއްވަނަ ދުވަހު ހާމަކޮށްފައިވާގޮތުން މިހާރު ވޯލްޑްކަޕަށް ކޮލިފައިވެފައިވާ 32 ޤައުމުގެތެރެއިން ކޮންމެ ޤައުމަކަށް 10.5 މިލިއަން ޑޮލަރު ދޭނެއެވެ. އޭގެ ތެރެއިން 9 މިލިއަން ޑޮލަރަކީ ބައިވުމުގެ ޝަރަފުގައި ދެވޭ ފައިސާއަށް ވާއިރު ބަކީ 1.5 މިލިއަން ޑޮލަރަކީ މުބާރާތުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ ޚަރަދުތަކަށް ދެވޭފައިސާއެވެ.

އެހެންކަމުން ގްރޫޕްސްޓޭޖް ފަހަނަޅައި ނުދެވުނަސް ކޮންމެ ޓީމަކަށް ވެސް 9 މިލިއަން ޑޮލަރު ލިބޭނެއެވެ. ހުސްއަތާ ގެއަށް ދާކަށް ނުޖެހެއެވެ.

އިތުރު އިނާމުތަކަށް ބަލާއިރު ދެވަނަ ބުރަށްދާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް އިތުރު 13 މިލިއަން ޑޮލަރު ލިބޭނެއެވެ. ކުއަރޓަރ ފައިލަނަށް ދެވިއްޖެނަމަ 17 މިލިއަން ޑޮލަރު ޔަޤީންކަމާއިއެކު ލިބޭނެއެވެ. ސެމީ ފައިނަލުން ބަލިވާ ޓިމްތަކަށް ލިބޭނީ 27 މިލިއަން ޑޮލަރެވެ.

ފައިނަލްގައި ކުޅެ އެކަމަކު ބަލިވާ ޓިމަކަށް ލިބޭނީ 30 މިލިއަނެވެ. އަދި ފައިނަލް ކުޅެ ޗެމްޕިއަންކަން ހޯދާ ނަސީބުވެރި ޓީމަށް 42 މިލިއަން ޑޮލަރުގެ ފައިސާގެ ބޮޑު އިނާމު ލިބޭނެއެވެ.

މިއީ ހަައްތަހާ ވެސް ވޯލްކަޕް ހޯދަން ދުނިޔޭގެ އެކިކޮޅުތަކުން މަސައްކަތްކޮށް ހިތްޖެހޭ ސަބަބުތަކެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.