ޓެބްޑް ބްރައުސިންގް ދައްކުވައިދޭ ސްކްރީނެއް - ވިންޑޯސް ސެންޓްރަލް

ޓެކްނޯލޮޖީ

ވިންޑޯސް 11 : 'ފައިލް އެކްސްޕްލޯރަރ' އަށް ޓެބް ބްރައއުސިންގ އަންނަނީ، އަދި އިތުރު ފީޗާތަކެއް

އަލީ އަޒްޔަން - އެމެރިކާ | 10 އޭޕުރިލް 2022 , އާދީއްތަ 08:00   179

ނިމިދިޔަ ހަފްތާތެރޭ މައިކްރޯސޮފްޓުން އިވެންޓެއް ބާއްވައި ވިންޑޯސް 11 ގައި އަލަށް އަންނަން ހުރި ބައެއް ކަންކަން ދައްކާލައިފިއެވެ.

އޭގެތެރެއިން އެންމެ ޝައުޤުވެރި އެއްބަދަލެއްގެ ގޮތުގައި ފާހަގަކުރެވުނީ ކްރޯމް ނޫނީ މަކްރޯސޮފްޓް އެޖް ގައި ހުންނަގޮތަށް ޓެބްތައް އިތުރުވެގެން ދިއުމެވެ. މީގެ ސަބަބުން ވިންޑޯތައް ގިނަނުކޮށް އެއް ވިންޑޯއަކުން ގިނަޓެބްތަކެއް މެނޭޖްކުރެވޭނެ ގޮތް ފަހިވާނެއެވެ.

މިއީ ޒަމާންތަކެއް ވަންދެން ކްރޯމް ފަދަ ސޮފްޓްވެއާތަކުންނާއި ފަހަކަށް އައިސް ގިނަ ސޮފްޓްވެއަރތަކުންނާއި ޕްލެޓްފޯމްތަކުން ފެންނަ ފީޗާއެކެވެ.

މައިކްރޯސޮފްޓުން އިތުރަށް ތަޢާރަފްކުރާ ކަންކަމުގެ ތެރޭގައި ވިންޑޯސް 365 މެދުވެރިކޮށް ދެވޭ ކްލަޑު-ބޭސްޑް ޚިދުމަތްތަކުގެ ތަޖުރިބާ ތަފާތުވެގެންދާނެއެވެ.

މުސްތަޤްބަލުގައި ކޮމްޕިއުޓަރުތަކުން ސިދާ ކްލައުޑަށް ބޫޓް ކުރެވޭނެއެވެ. އަދި މީގެއިތުރުން އިންޓަނެޓާއި ވަކިވިޔަސް ވިންޑޯސް 365 ގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.