ް މެންޗެސްޓާރ ޔުނައިޓެޑްގެ ފޯވާރޑް ކްރިސްޓިއާނޯ ރޮނަލްޑޯ ދަނޑުމަތީގައި

ކުޅިވަރު

ރޮނާލްޑޯ ސަޕޯޓަރެއްގެ ފޯނު ހަލާކުކުރި ކަމައް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

ދާނިޝް - ޔޫރަޕް | 11 އޭޕުރިލް 2022 , ހޯމަ 11:21   199

އިނގިރޭސިވިލާތުގެ ފުލުހުން މެންޗެސްޓާރ ޔުނައިޓެޑްގެ ފޯވާރޑް ކްރިސްޓިއާނޯ ރޮނަލްޑޯ ސަޕޯޓަރެއްގެ ފޯނު ހަލާކުކުރިކަމައް ބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށަފިއެވެ.

ޕްރިމިއާލީގްގެ މެންޗެސްޓާރ ޔުނައިޓެޑް އާއި އެވަރޓަން ވާދަކުރި މެޗައްފަހު ރޮނަލްޑޯ އެވަރޓަންގެ ޒުވާން ސަޕޯޓަރެއްގެ ފޯނު ހޫރާލި ކަމައް ލަފާކުރެވޭ ފުޓޭޖްއެއް ދަނީ މީޑިޔާގެ ތެރޭގައި ދައުރުވަމުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މެޗަށްފަހު ކުޅުންތެރިން ދަނޑުން ފައިބަމުން ދިޔަވަގުތުގައި ޒުވާން ފިރިހެން ކުއްޖަކަށް ފުރައްސާރަ ކުރިކަމުގެ ރިޕޯޓެއް ވަނީ އެފަރާތަށް ލިބިފައެވެ.

" އަޅުގަނޑުމެންގެ އޮފިސަރުންނާއި އެވާރޓަން ގުޅިގެން މިހާރު މިދަނީ ސީސީޓީވީ ފުޓޭޖްތައް ބަލައި، މައްސަލަ އިތުރަށް ތަހުގިގު ކުރަމުން" މާސީސައިޑް ޕޮލިސްގެ ސްޕޯކްޕާސަން ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ރޮނަލްޑޯ އޭނާގެ ސޯޝަލް މިޑޔާ ޕްލެޓްފޯމް ތަކުގައި ވަނީ މައާފަށް ވެސް އެދިފައެވެ.

"އުދަގޫ ދަނޑިވަޅުތަކުގައި މީހާގެ އިޙުސާސްތައް ކޮންޓްރޯލް ކުރުމަކީ ވަރަށް ދަތި ކަމެއް. އެކަމަކު އަޅުގަނޑުމެން ވާން ޖެހެނީ އަބަދުވެސް އެހެންމީހުނަށް އިޙްތިރާމްކުރާ، ކެތްތެރި ބަޔަކަށް. ގޭމް ބަލަން ތިބޭ ޒުވާން ކުދިންނަށް ނަމޫނާއަކަށް" ރޮނާލްޑޯ އިންސްޓަރގްރާމްގައި ލިޔެފައިވެއެވެ.

" އަޅުގަނޑުގެ އައުޓްބާރސްޓަށް ވަރަށް ބޮޑަށް މައާފަށް އެދެން، އަދި ފެއަރޕްލޭ އާއި ސްޕޯޓްމެންޝިޕް ގެ ރަމްޒެއްގެ ގޮތުން އޯލްޑް ޓްރެފޯޑްގައި މެޗެއް ބެޔުމަށް އެ ސަޕޯޓަރަށް ދައުވަތު އަރުވަން" ދެވަނަ ޕޯސްޓެއްގައި ވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.