ގުރު ނެގުމުގެ ރަސްމިއްޔާތު ތެރެއިން

ކުޅިވަރު

އެމްޓީސީސީ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގުރުނެގުން ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 އޭޕުރިލް 2022 , ހޯމަ 12:23   296

އައްޑޫ ސިޓީގައި، ގޯދިއްޔާއިން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ތިންޒާމްކޮށް ބާއްވަމުންގެންދާ ފުޓްސަލް މުބާރާތް ކޮވިޑް 19 އާއި އެކު މެދުކެނޑުމަކަށް ފަހު އަލުން ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިގޮތުން މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި ބޭއްވޭ ގުރުއަތު ނެގުން ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގުތުއަތު ނެގުން އޮތީ މަރަދޫ އަކުއަރ ވެންޗަރގެ ސެމިނަރ ރޫމްގައެވެ.

އެހެންފަހަރު ތަކާއި ޚިލާފަށް މިފަހަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަނިކު ދަނޑުގައެވެ. އަދި މެޗްތައް މިހާރު ތަރުތީބު ކުރެވިފައިވާގޮތުން، 12 ޓީމް ބައިވެރިވެފައިވާ މިމުބާރާތުގައި ގުރޫޕް ސްޓޭޖްގައި ޖުމްލަ 18 މެޗު ކުޅޭނެއެވެ.

މުބާރާތް ފަށާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ. 22.00 ގައި ކުޅޭ މިމެޗުގައި ބައްދަލުކުރާނީ އެފްސީ ބޭރުމަތި އާއި ސްކޫޕް ކަންމަތިއެވެ.

ސެމީ ފައިނަލް މެޗުތައް 27 އޭޕްރިލްގައި ކުޅޭއިރު، ފައިނަލް މެޗު އޮންނާނީ މޭމަހުގެ 1 ވަނަ ދުވަހުގެ ރޭ 22:00 ގައެވެ.

އެންމެފަހުން 2019 ގައި ބޭއްވުނު މުބާރާތުގައި ތަށި ގެންދިޔައީ އެފެސީ ބޭރުމަތި އެވެ. އެފްސީ ބޭރުމަތި ވަނީ އެފަހަރު، ޖެހިގެހިން ތިންފަހަރަށް ތަށި ހޯދާ ތަށި މިލްކްކޮށްފައެވެ.

ސިޓީ ފުލުހުންނާއި މޯލްޑިވް ޕޮލިސް ސާރވިސްގެ އައްޑޫގައި ތިއްބަވާ އިސްފަރާތްތައް ވެސް ބައިވެރިވި މި ހަފްލާގައި، ސުލްޙަވެރި އޮމާން މުބާރާތަކަށް މިމުބާރާތް ހެދުމަށްޓަކައި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރު ލުމަށް އެދިފައިވެއެވެ. މުބާރާތް ބާއްވާ ސަރަހައްދުގެ ޓްރެފިކަށް ބުރޫ ނާރާނެހެން ޕާކް ކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި، އެކި ޢުމުރުފުރާތަކުގެ މީހުން އެއްވާނެ ތަނަކަށް ވާތީ ހުތުރު ބަހުވަ ބޭނުން ކުރުމާއި ސިނގްރެޓް ބުއިންފަދަ ކަންކަމުން އެއްކިބާވުމަށް އެދިފައިވެއެވެ.

މިއަހަރުގެ ގޯދިއްޔާ ފުޓުބޯޅަ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރާންޕޯރޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އިތުރު ޕާރޓްނަރުންގެ ތެރޭގައި އުރީދޫ، މަޅި އެމްވީ، މާކުއީ އެމްވީ، އަދި މޭސު ޖޫސް ހިމެނެއެވެ.

މިމުބާރާތުގެ މީޑިއާ ޕާރޓްނަރަކީ އެކްސް ޕްރެސް މީޑިއާއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.