އިނގިރޭސިވާތުގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމް

ކުޅިވަރު

އަންހެނުންގެ ޔޫރޯ 2022 ގައި ރަޝިއާއަށް ބައިވެރި ވެވޭނެ ކަމާމެދު ސުވާލުއުފެދިފައި

ދާނިޝް - ޔޫރަޕް | 11 އޭޕުރިލް 2022 , ހޯމަ 12:22   184

އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތިން މަހަށް ވެފާވާއިރު ރަޝިއާއަށް މުބާރާތުގައި ބައިވެރި ވެވޭނެ ކަމާމެދު ވަކި ގޮތެއް ޔޫއެފާ އަދިވެސް ނުނިންމައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހު ވޯލްޑް ކަޕް ޕްލޭއޮފްގައި ކުޅެގެން ރަޝިއާގެ ފިރިހެން ޓީމު ވަނީ ބޭރުކޮށްލާފައެވެ. މީގެ އިތުރުން މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ޔޫއީއެފްއޭ އަދި ފީފާއިން ނެރުނު ބަޔާނެއްގައި ވަކިގޮތެއް އަންގަންދެން ރަޝިއާގެ ޓީމްތައް ހުރިހައި އިނަޓަނޭޝަނަލް މުބާރާތްތަކުން ސަސްޕެންޑް ކޮށްފައިވާ ކަމައް ވަނީ ބުނެފައެވެ.

ވިމެންސް ޔޫރޯއަށް ކޮލެފައިވި 16 ޓީމުގެ ތެރޭގައި ރަޝިއާ ހިމެނުނު ކަމުގައި ވިއަސް ޔޫއެފާ އިން ވަކި ގޮތެށް ނިންމަންދެން ރަޝިއާއަށް މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މޭމަހުގެ 10 ވަނަ ދުވަހު އޮންނަ ޔޫއެފާގެ އެގްޒެކެޓިވް ކޮމެޓީ މީޓިންގައި، މިކަމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.