ކޯޗު އައްފާން މުބާރާތުގެ މެދުތެރެއިން އެކްސްޕްރެސް ނޫހަށް މަޢުލުމާތު ދެއްވަނީ

ކުޅިވަރު

އައްޑޫ ސިޓީގައި ކޯޗް އައްފާނާއި އެކު، ރަމަޞާން ޗެލެންޖް 1443 (ބެޑްމިންޓަން) ފެށިގެން ކުރިއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 އޭޕުރިލް 2022 , ހޯމަ 21:38   865

ކުރީގެ ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު ޢައްފާން އާއި ފާހި ސްޕޯރޓްސް ގުޅިގެން 'ޑިމިޓީ ރަމަޞާން ޗެލެންޖް 1443' ގެ ނަމުގައި އައްޑޫގައި ބެޑްމިންޓަން މުބާރާތެއް ފަށައިފިއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 6 ޓީމް ވާދަކުރެއެވެ. އަދި މިމުބާރާތް ތާވަލުކުރެވިފައިވަނީ އޭޕްރިލް މަހުގެ 9 އިން 13 އަށެވެ.

ސަރޓިފައިޑް ބީޑަބްލިއުއެފް ލެވެލް 1 ފުރިހަމަކޮށްފައިވާ ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ ޢައްފާން އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫ ގައި ބެޑްމިންޓަނަށް އޮންނަ ޝައުގުވެރިކަން އިތުރުވަމުންދާތަން ފެންނަކަމަށެވެ. އަދި މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްސަދަކީ ވެސް މި ކުޅިވަރު އިތުރަށް ކުރިއެރުވުމާއި ފަރިތަކުރުންތައް ގިނަވުން ކަމަށެވެ.

ވީޑިއޯ : ޢައްފާންގެ އިންޓަވިއު

މިމުބާރާތުގެ ޓައިޓްލް ސްޕޮޮންސަރ އަކީ ޑިމިޓީ އެވެ. އިތުރު ޕަރޓްނަރުންގެ ތެރޭގައި ހައިޑްރޯ، 3އެސް، އަދި ހެޕީ މާރކެޓް ހިމެނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.