މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލު ވާދަކުރި މެޗްގެ ތެރެއިން

ކުޅިވަރު

މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލުގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު

ދާނިޝް - ދުނިޔެ | 12 އޭޕުރިލް 2022 , އަންގާރަ 13:58   367

މިދިޔަ އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީގެ ދަނޑުގައި، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި ތާވަލުގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ތާވަލުގެ ދެވަނައިގައި އުޅޭ ލިވަޕޫލްގެ މެޗް 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެން ނިމިއްޖެއެވެ.

ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓްގައި ކެވިން ޑި ބްރުއިނަރ ޖަހާދިން ލަނޑުން ސިޓީ މި މެޗްގެ ލީޑު ނެގިއެވެ. ނަމަވެސް މެޗްގެ މެޗްގެ 13 ވަނަ މިނެޓްގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި ޑިއޮގޯ ޖޮޓާވަނީ މެޗްގެ ނަތީޖަ ހަމަހަމަކޮށްދިނެވެ.

މިމެޗްގައި ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީ މެޗްގެ 37 ވަނަ މިނެޓްގައި ގެބްރިއެލް ޖޭސުސްއެވެ.

މީގެއިތުރުންވެސް މެޗްގެ ފުރަތަމަ ހާފްގައި ސިޓީއަށް ލީޑު ފުޅާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ތަނަވަސްވެގެން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ.

މިމެޗްގައި ލިވަޕޫލުން ދެވަނަ ފަހަރަށް އެއްވަރު ކުރީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ އެއް މިނެޓްފަހުން ސާޑިއޯ މާނޭއެވެ. މީގެ މާގިނައިރު ތަނެއް ނުވެ ސިޓީގެ ރަހީމް ސްޓަރލިންގ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވިއޭއާރުން ބެލުމަށްފަހު އެލަނޑު ވަނީ އޮފް ސައިޑްކަމަށް ނިންމާފައެވެ. ހަމަ މިފަދަ ފުރުސަތެއް މެޗް ނިމެން ވަރަށް ގާތްވެފައިވަނިކޮށް ސިޓީގެ ބަދަލު ކުޅުންތެރިޔާ ރިޔާދު މަހްރެއިޒްއަށް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމުނުއިރު، މި ދެ ޓީމް މިސީޒަންގެ ކުރީކޮޅު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗްވެސް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މިމެޗް އެއްވަރު ވުމުން ތާވަލްގައި ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ލިބިގެންދިޔައިރު، ސިޓީ އުޅެނީ 31 މެޗުން ލިބިފައިވާ 74 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި 73 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެވަނައިގައެވެ. މިސީޒަންގައި ލީގުގައި ދެން ކޮންމެ ޓީމަކަށް ބާކީ އޮތީ ހަތް މެޗެވެ.

މިމެޗް ވެގެން ދިޔައީ މުޅި މިޒީޒަންގައިވެސް ފެނުނު އެންމެ ފޯރިގަދަ އެއްމެޗަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.