ވިމެންސް ޔޫރޯ 2022

ކުޅިވަރު

ވިމެންސް ޔޫރޯ 2022 ގެ ގުރުއަތުލުން ބާއްވައިފި

ދާނިޝް - އައްޑޫ އަތޮޅު | 12 އޭޕުރިލް 2022 , އަންގާރަ 13:57   192

ވިމެންސް ޔޫރޯ 2022 ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މެނަޗެސްޓަރގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައެވެ. މިއީ 2005ގެ ޔޫރޯ ޗެމްޕިއަންޝިޕަށްފަހު އިންގްލޭންޑް އިން މި މުބާރާތް އިންތިޒާމްކޮށް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ގުރުޢަތުލުން ބޭއްވިފައިވާއިރު، ވާދަކުރާ ގައުމުތައް މިވަނީ 4 ގްރޫޕަކަށް ބެހިފައެވެ.

އެގޮތުން ގްރޫޕް އޭގައި ހިމެނިފައިވަނީ އިނަގްލޭންޑް، ނޯވޭ، އޮސްޓްރިއާ އަދި ނަދާން އަޔަލެންޑްއެވެ. ގްރޫޕް ބީގައި ހިމެނިފައިވަނީ ޖަރުމަން، ޑެންމާކް، ސްޕެއިން އަދި ފިންލޭންޑް، ގްރޫޕް ސީގައި ނެދަލޭންޑްސް، ސުވިޑެން، ރަޝިއާ، ސްވިޓްސަލޭންޑް، އަދި ގޮރޫޕް ޑީގައި ފްރާންސް، އިޓލީ، ބެލްޖިއަމް އަދި އައިސްލޭންޑްއެވެ.

ރަޝިއާ ގޮރޫޕް ސްޓެޖުގައި ހިމެނިފައިވާ ކަމުގައި ވިޔަސް، މިހާރު ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހިގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރަޝިއާއަށް މުބާރާތުގައި ބައިވެރި ވެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ވިމެންސް ޔޫރޯ 2022 ފެށިގެންދާނީ އަންން ޖުލައި މަހުގެ 6 ވަނަ ދުވަހު، އިންގްލޭންޑާއި އޮސްޓްރިއާ ވާދަކުރާ މެޗުންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.