ކުލާސްރޫމެއްގެ ތެރޭގައި ކުދިންތަކެއް ޙަރަކާތްތެރިވާ މަންޒަރު

ހަބަރު

ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ހަރަދުބޮޑު ގައުމަކީ ކޮބާ؟

ދާނިޝް - ދުނިޔެ | 13 އޭޕުރިލް 2022 , ބުދަ 12:18   334

ދުނިޔެ ތަރިއްގީވެ ކުރިއަރަމުން ދާހެން ހުރިހާ ތަކެއްޗަކާއި ހިދުމަތްތަކެއްގެ އަގުތައް މިދަނީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންނެވެ. މިގޮތުން ބަލާއިރު ދަރިން ހޯދައި، ބަލާބޮޑުކޮށް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީވެސް ކޮންމެ ގައުމަކަށް ބެލިކަމުގައި ވިޔަސް ވަރަށް އަގުބޮޑު ކަމެކެވެ

ޖެފެރީސް ފައިނޭންޝިއަލް ގްރޫޕްއިން މިފަހުން ކުރި ދިރާސާއެއްގައި ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ހަރަދުބޮޑު ގައުމަކީ ކޮބާތޯ ބަލާއި، 14 ގައުމު ހިމެނޭ ލިސްޓެއް އާންމު ކޮށްފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި ހިމެނިގެން ދިޔައީ ސައުތް ކޮރެއާ، ޗައިނާ އަދި އިޓަލީއެވެ. އެމެރިކާ ހިމެނިގެން ދިޔައީ މި ލިސްޓްގެ މެދުތެރޭ، ޖަރުމަނާއި ޖަޕާންގެ ދެމެދުގައެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގިއި ހަރަދުބޮޑުވަނީ ކީއްވެ؟

މިކަމުގެ އެންމެ ބޮޑު ރޯލެއް ކުޅެނީ ކުދިން ތުއްތު އިރު ތައުލީމަށް ދާހަރަދު ކަމުގައި ލަފާކުރެވެއެވެ. މީގެ ސަބަބަކީ ދާދިފަހަކާއި ޖެހެންދެންވެސް ޗައިނާފަދަ ގައުމުތަކުގައި ޕްރީސުކޫލުގެ ހިދުމަތް ލިބެމުންދިޔައީ ޕްރައިވެޓް ނޫނީ އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކަށް ވާތީ ކަމަށް ޖެފެރީސް ބުނެފާއި ވެއެވެ.

ޗައިނާގައި 75،000 އެމެރިކާ ޑޮލަރު ކުއްޖާއަށް 18 އަހަރު ވުމާ ދެމެދު ހޭދާވާއިރު، އިތުރު 22،000 އެމެރިކާ ޑޮލަރު ކުއްޖާމަތީ ތައުލީމު ހާސިލުކުރުމަށް ދާހަރަދުގެ ގޮތުގައި ހޭދަވެގެންދެއެވެ. ބަލާބެލުމަށް މިއަދަދުތައް އެމެރިކާގެ ދަރިވަރުންނާ އަޅާކިޔާއިރު އެގައުމުގައި މިޢަދަދު މަދު ކަމުގައި ދެއްކިކަމުގައި ވިޔަސް، ހަގީގަތަކީ ގިނަ ގައުމުތަކުގައި ސަރުކާރުން ދަރިވަރުންނަށް ލޯންތަށް ފޯރުކޮށްދޭ ކަމެވެ. މިފަދަ ނިޒާމެއް ގާއިމުވެފައިވާ ގައުމުތަކުގައި މައިންބަފައިންގެ ޖީބުން ދަރިންގެ ތައިލީމަށްދާ ހަރަދުތައް ވަރަށް ބޮޑުތަނުންވެސް މަދުވެގެން ދެއެވެ.

ޖެފެރީސް ހާމަކޮށްފައިވާ ގޮތުގައި މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ފަރާތަކީ ގާނޫނާއި ގަވާއިދު ހެދުމަށްޓަކައި ތިއްބަވާ ސަރުކާރުތަކުގެ ކަމާބެހޭ އިސްވާރިސުންނަށެވެ. މިގޮތުން ހުރިހާ ފަންތިއެއްގެ ގިންތިއެއްގެ މީހުނަށް އަތްފޯރާނެހެން ދަރިންބެލުމަށް މިދާހަރަދުތައް ތިރިކުރުމަށް އެކި އެކި ފެންވަރުގައި ކަމާބެހޭ ކަންކަން ބައްޓަންކުރެވިދާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.