ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން

ހަބަރު

ރަޝިޔާގެ އިޤްތިސާދަށް ކުރާ އަސަރުތަކާއިއެކު ދުނިޔެއަށް ވެސް ހީނަރުކަން

ދާނިޝް - ޔޫރަޕް | 13 އޭޕުރިލް 2022 , ބުދަ 13:00   457

މިއަހަރުގެ ފެބްރުއްރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނާއި ރަޝިޔާއާއި ދެމެދު ފެށިގެން ދިޔަ ހަނގުރާމާގެ އަސަރުތައް އެކި އެކި ސިފައގައި ދެގައުމަށް، ހަމައެހެންމެ މުޅި ދުނިޔެއައްވެސް ދަނީ ކުރަމުންނެވެ.

ޔޫކްރެއިންނަށް ހަމަލާދޭން ފެށުމުން ރަޝިޔާއާއި ދެކޮޅަށް ހުޅަގުގެ ބާރުތަކުން ވަނީ އެތަކެއް ހަރުކަށި އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވައެވެ. މިގޮތުން، ޔުނައިޓެޑް ސްޓޭޓްސްގެ ބޭންކުތަކުގެ ހިދުމަތްތައްވެސް ރަޝިޔާގައި މެދުކަނޑާލާފަ ވާއިރު ރަޝިޔާގެ ކޯޕަރޭޓް ދަރަނީގެ މިންވަރު ވަނީ 2021 ވަނަ އަހަރާ ބަލާއިރު 35ގުނަ އިތުރުވެފައެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް، ޔޫކްރެއިނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ ރަޝިޔާ ދިފާއުކުރައްވާ، ޔޫކަރެއިނަށް ހަމަލާދޭންފެށީ މަޖުބޫރު ވެގެންކަމަށް ބުނާބުނުން ތަކުރާރު ކުރައްވާފައެވެ. ޕުޓިން އިތުރަށް ވިދާޅުވެފައިވަނީ ހަނގުރާމަ ނިމުމަކަށް އަންނާނީ ޔޫކްރެއިން ބަލިކޮށް ރަޝިޔާގެ ފައުޖުތަކަށް ކާމިޔާބު ލިބިގެން ކަމަށެވެ. އަދި ހަނގުރާމަ ދިގު ދެމިގެން ދިޔަކަމުގައިވިޔަސް ޔޫކްރެއިނާއި ދެމެދު ދާއިމީ ޞުލްހައެއް ގާއިމު ކުރެވިދާނެކަމަށް ނުބެލެވޭކަމަށެވެ.

ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި މިހަނގުރާމާއާއި ގުޅިގެން ރަޝިޔާ އަދި ދުނިޔޭގެ އިޤްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރިއަށް އޮތްތާގައި ވެސް ކުރާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.