ޔޫކްރެއިންގެ ރެފިއުޖީ ކޭމްޕެއްގައި ކުދިންތަކެއް ތާށިވެފައި

ހަބަރު

ޔޫކްރުއިނުގެ އަންހެނުންނާއި ކުޑަކުދިން ޖިންސީގޯނާގެ ޝިކާރައަކަށް ވެފައި

ދާނިޝް - ދުނިޔެ | 14 އޭޕުރިލް 2022 , ބުރާސްފަތި 08:33   272

ޔޫކްރެއިނާއި ރަޝިޔާއާއި ދެމެދު ހިގަމުންދާ ހަނގުރާމަ ދެމަސް ދުވަހަށްވުރެ ގިނަ މުއްދަތަކަށް ދިގުދެމިގެން ގޮސްފައި ވާއިރު، ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ އަންހެނުންނާއި ކުޑަކުދިނަށް ޖިންސީގޮތުން ބެހެމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތި ވެފައި މިވަނީ ރަޝިޔާގެ ބާރުތަކުން ޔޫކްރެއިންގެ އަސަކަރިއްޔާއިން ސަލާމަތްކުރި ބައެއް ސަރަހައްދު ތަކުންނެވެ.

މި މައްސަލައާ ބެހޭގޮތުން އެޕްރީލް 5 ވަނަ ދުވަހު ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލުގައި (ޔޫއެންއެސްސީ) ޔޫކްރެއިނަގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ކަންބޮޑުވުން ފައުޅުކުރައްވާފައެވެ.

" އަންހެނުން އެމީހުންގެ ކުދިން ކުރިމަތީގައި ރޭޕުކޮށް މަރައި، އެމީހުން ބޭނުންވާ ޖަވާބު ނުދޭނަމަ، ދޫ ދަމާ ނެރެ ހެދި" ޒެލެންސްކީ ވިދާޅުވިއެވެ.

މީގެ އިތުރުން ޒެލެންސްކީވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ހިންގަމުންދަނީ އައިސިސް އިން ހިންގާފަދަ ޖަރީމާއެއްކަމަށް ސިފަކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މިހަގުރާމަ ނިމޭނެ ކަމުގެ ކުލަވަރެއް އަދި ފެނިފައި ނުވާއިރު، މި މައްސަލައާއި ގުޅިގެން ދެގައުމުގެ ދެމެދުގައިވާ މައްސަލަ އިތުރަށް ގޯސްވެގެން ދާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާ ކުރައްވައެވެ. އަދި އ.ދ. އިން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ގޮވާލައިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.