ދިވެހިރާއްޖެ މިސަރަޙައްދުގެ އެންމެ ދަރަނި ބޮޑު ގަޢުމުގެ ގޮތުގައި - ވޯލްޑްބޭންކް/އައިއެމްއެފް ޑޭޓާ

ހަބަރު

ދިވެހިރާއްޖޭގެ ދަރަނި އަތްނުފޯރާފަށަށް، ސަމާލުވާންޖެހިފައި

އަލީ އަޒްޔަން - ކ. މާލެ | 14 އޭޕުރިލް 2022 , ބުރާސްފަތި 10:16 3   645

ސްރީލަންކާގެ ރައްޔިތުން މިއަދު ނިކަމެތިވެ ބިކަވެފައިވާ މިންވަރު މީގެ ދެއަހަރު ކުރިން އެކަކަށްވެސް އަންދާޒާކުރެވިފައިނެތެވެ.

މިޒަމާނުގައި ދަރަންޏަށް ފައިސާ ނެގުމަކީ ތަރައްޤީކުރަން ފަސޭހަގޮތެކެވެ. އެކަމަކު އެދަރަނިން ކުރާކަންކަމުން ނަތީޖާ ނުނިކުންނަނަމަ ދެންވާނެ ގެއްލުން މާބޮޑުވެފައި އެހާމެ ނުރައްކާތެރިއެވެ. ބައެއް ޙާލާތްތަކުގައި ބައެއް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފައިވާކަން ވެސް ތާރީޚް ހެކިދެއެވެ.

އަވަށްޓެރި ސްރީލަންކާގެ ބްލެކްމާރކެޓްގައި ޑޮލަރު ހުރީ 500 ރުޕީސް އާއި ގާތްކުރާވަރުގައެވެ. ބޭރުފައިސާ ހުސްވެ، ގައުމުން ބޭރުން ޒަރޫރީބޭނުންތަކަށް ބޭނުންވާ ތެލާއި ކާޑު ފަދަ ތަކެތިވެސް އެއުޅެނީ އެތެރެ ނުކުރެވިގެންނެވެ. ތަކެތީގެ އަގު ހުރީ ރޮކެޓެއްހެން މައްޗައް އަރާފައެވެ.

ތަފާސް ހިސާބުތަކަށް ޖެހިލާއިރު، ރާއްޖޭގެ ދަރަނި ހުރީ 6.4 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެމަތީގައެވެ. އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް ގާތްގަނޑަކަށް 11،111 ޑޮލަރެވެ. އަވަށްޓެރި ލަންކާގައި މިނިސްބަތް ހުރީ ބޮލަކަށް 51 ބިލިއަން ޑޮލަރާއި އެކު ބޮލަކަށް 2،318 ޑޮލަރުގައެވެ. އަޅެފަހެ ކަންބޮޑުވާކަށް ނުޖެހޭހެއްޔެވެ؟

ދަރަނި ބޮޑު ކުރަނީ ކީއްވެ

ޢާއްމުގޮތެއްގައި ގިނަ ޤައުމުތަކުގައި ދަރަނި ބޮޑުވަނީ ސިޔާސީގޮތުން މަޤްބޫލުކަން ހޯދުމަށްޓަކައި އިޤްތިސާދުކުރުމެއް ނެތި އަދި އުފެއްދުންތެރިކަމަށް ބެލުމެއްނެތި ޚަރަދު ކުރާތީ އެވެ.

މިއީ ޓެކްސް އަށް ނަގާވަރު ބޮޑު ނުކޮށް ޚަރަދުކުރަން ލާރި ހޯދާނެ ފަސޭހަގޮތެކެވެ.

ޢާއްމުގޮތެއްގައި ޤައުމުތަކުން ދަރަނި މިނެކިރާ މިންގަނޑަކީ ދަރަންޏަށް ނެގޭ ފައިސާއައީ ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރާއި އާޅާކިއުމުން ނިކުންނަ ނިސްބަތް، ނުވަތަ ޑެޓް-ޓު-ޖީޑީޕީ ރޭޝިއޯ އެވެ.

ދުނިޔޭގެ މާލީކަންކަމާއި ގުޅޭ އެންމެ މަތީ އިދާރާ ކަމުގައިވާ ވޯލްޑް ބޭންކުން ބުނެފައިވަނީ، ޤައުމެއްގެ ދަރަނި މިނިސްބަތުން ބަލާނަމަ 77 އިންސަތަ އަށް ވުރެ މަތި ވެއްޖެނަމަ އެއީ ނުރައްކަލުގެ ޢިޝާރާތެއް ކަމަށެވެ.

ކުރިއަރާފައިވާ ބައެއް ޤައުމުތަކުން ވެސް ވަނީ މިމަޅިއަށް ފެތިފައެވެ. ޔޫރަޕްގެ ޤައުމެއް ކަމުގައިވާ ގްރީސް މީގެ ދުވަސްގަނޑެއް ކުރިން ދަރަނިވެރިވެ ޙާލުގައި ޖެހުނު ވާހަކަ އަޅުގަނޑުމެން ވާނީ އަޑު އަހާފައެވެ. މިނޫނަސް ގިނަ މިފަދަ ޤައުމުތައް އެބަހުއްޓެވެ.

ދިވެހިރާއްޖެ އޮތީ ކިހާ ހިސާބެއްގައި

މަތީގައި އެވާ ގްރާފުން ފެންނަހެން ދިވެހިރާއްޖެ އަކީ މިވަގުތު މިރޭޝިއޯ އިން ބަލާނަމަ އަދި އާބާދީގެ ނިސްބަތުން ބެލިކަމުގައި ވިޔަސް އެންމެ ބޮޑު ދަރަނިއެއް އޮތް ގައުމެވެ.

ބޭރުގެ މަލީ އިދާރާތަކުން ޝާޢިއުކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު 2020 ވަނަ އަހަރު ރާއްޖޭގެ ދަރަނި 5.4 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު، މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 1 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ރާއްޖޭގެ ދަރަނި 2016 ވަނަ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތުން 62 ޕަސެންޓްގައި ހުރި އިރު، 2019 ވަނަ އަހަރު މިޢަދަދު ހުރީ 78 ޕަސެންޓްގައެވެ. އަދި 2020 އަހަރު ނިމުނު އިރު ވަނީ 146 ޕަސެންޓަށް އުފުލިފައެވެ. މިއީ ކަންބޮޑުވާން ޖެހޭ މިންވަރެކެވެ.

ވޯލްބޭންކުން ޝާއިއުކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، ބޮލަކަށް ޖެހޭ ދަރަނީގެ ނިސްބަތުން ދުނިޔޭގެ 190 ޤައުމު ތެރެއިން ދިވެހިރާއްޖެ އޮތީ ފުލުން 10 ވަނައިގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.