ޗެލްސީ އާައި ރެއާލް ވދަކުރި މެޗުގެ ތެރެއިން

ކުޅިވަރު

ޗެލްސީ ބަލިކޮށްލައި ރެއާލް ސެމީއަށް ދަތުރުކޮށްފި

ދާނިޝް - ޔޫރަޕް | 14 އޭޕުރިލް 2022 , ބުރާސްފަތި 08:27   291

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް ސެމީފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް 3-1 ރެއާލް ކާމިޔާބު ކުރިއިރު ރެއާލްގެ ދަނޑުގައި ބުދަ ދުވަަހުގެ ރޭ ކުޅުނު ދެވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-1 ކުރީގައި އޮތީ ޗެލްސީއެވެ. އެހެން ކަމުން އިތުރު ވަގުތުގެ ދެހާފް ކުޅެގެން މެޗްގެ ނަތީޖާ ކަނޑައެޅުނެވެ. ރޭގެ މެޗް ވެގެންދިޔައީ ޗެލްސީގެ ފަރާތުން މޮޅު ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކަށެވެ.

މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާ ޗެލްސީއި އަށް ލީޑުނަގައިދިނީ މޭސަން މައުންޓެއެވެ. މެޗްގެ 51 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގަރ ޖަހާދިން ލަނޑާއި މެޗްގެ 75 ވަނަ މިނެޓްގައި ޓީމޯ ވަރނަރ ކާމިޔާބުކޮށްދިން ލަޑާއެކއެގްރިގޭޓް ނަތީޖާގައި ޗެލްސީއިން ކުރި ހޯދިއެވެ. ނަމަވެސް ރެއާލްއިން މެޗްގެ 80 ވަނަ މިނެޓްގައި ރެއާލަގެ ބަދަލު ކުޅުންތެރިޔާ ރޮޑްރިގޯ ލަނޑެއް ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރިއެވެ.

ފުރިހަމަ ވަގުތު ހަމަވި އިރުވެސް ނަތީޖާއަށް ބަދަލެއް ނައުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. މެޗްގެ 96 ވަނަ މިނެޓްގައި ހެޓްރިކް ހެދި ކަރީމް ބެންޒީމާ ކާމިޔާބު ކުރި ލަނޑާއެކު މިލަނޑައެކު ރެއާލްއަށް ސެމީފައިނަލުން ޖާގަ ޔަގީންވެގެން ދިޔައެވެ.

ވީޑިއޯ : މެޗުގެ އުސްއަލިތައް

ރެއާލް ސެމީފައިނަލަށް ދަތުރުކުރީ އެގްރިގޭޑް 5-4 ލަނޑުން ކުރި ހޯދައިގެންނެވެ.

ސެމީފައިނަލްގައި ރެއާލް ކުޅޭނީ އެޑްލެޓިކޯ މެޑްރިޑައި މެންޗެސްޓަރ ސިޓީ މިރޭ ބައްދަލުކުރާމެޗަށްފަހު ކުރި ހޯދާ ޓީމަކާއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.