ޓީސިމްޕަލް އިން ފަރުމާ ކޮށްފައިވާ ޓްރަކެެއް

ހަބަރު

ޓްރަކް ޑްރައިވަރުންގެ ދަތިކަމަށް ޓީސިމްޕަލްއިން ހައްލެއް

ދާނިޝް - ދުނިޔެ | 14 އޭޕުރިލް 2022 , ބުރާސްފަތި 12:08   373

ކޯވިޑް 19ގެ ހާލަތާއި ގުޅިގެން ދުނިޔޭގެ ފެންވަރުގައި ދިމާވެފައިވާ ޓްރަކް ޑްރައިވަރުންގެ ދަތިކަމަށް ޓީސިމްޕަލް އިން ހައްލެއް ގެނެސްދީފިއެވެ.

ދުނިޔޭގެ ޓްރަކް އުފައްދަ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ނެވިސްޓާ އާއި ވޯކްސްވެގެން ޓްރަކިންގް ވިޔަފާރި އިން ފަރުމާ ކުރަމުންދާ މި ޓްރަކް ވެގެންދާނީ ޑްރައިވްރެއްގެ އެހީއަކާއި ނުލައި ދުއްވޭނެ މިފަދަ ފުރަތަމަ އުޅަދަކަށެވެ. އަދި ޓްރަކް ތަކަކީ ދިގު ރާސްތާ ކަޑައްތުކޮށް ދަތުރުކުރާ އުޅަދަކަށް ވާތީ، ވަގުތު ސަލާމަތްކުރުމުގެ ގޮތުން މި ޓްރަކް އުފައްދާފައިވަނީ "ނޯސްލީޕް" ފީޗާއަކާއި އެކުގައެވެ.

މި އުޅަދުގެ ތަހުލީލީ މަރުހަލާއާއި ބެހޭގޮތުން މައުލޫމާތު ދެއްވަމަމުން ކުންފުނީގެ ރައީސް އަދި ސީއީއޯ ޗެންގް ލޫ ވިދާޅުވީ އަދި ޓްރަކުގެ ސިސްޓމްތައް މުޅިންހެން ފުރިހަމަ ނުވާކަމުގައެވެ. އެންމެ ފަހުން ޖެއްސި ޓެސްޓް ކުރުންތަކުގައި 14 ގަޑިއިރަށް މަޑުޖެހުމެއްނެތި ޑްރައިވަރެއްގެ އެހީއާއި ނުލައި އެޓްރަކަށް ދަތުރު ކުރެވުނު ކަމަށްވެސް އޭނާ ފާލަގަކުރިއެވެ. މިއީ ޑްރައިވަރެއްގެ އެހީގައި ނަމަ 24 ގަޑިއިރު ނަގާނެ ވަރުގެ ދިގު ދަރުކެވެ. ޗެންގް އިތުރަށް ވިދާޅުވީ މި ޓްރަކް ދުވާ ސްޕީޑްވެސް އާދައިގެ ޓްރަކަކާއި އަޅާ ބަލާއިރު 15 މިނިޓު އަވަސްވާނެއެވެ.

މި ޓްރަކުގައި ހިމެނިފައިވާ ޓެކްނޮލޮޖީގެ އާ އިންގިލާބީ ކުރިއެރުންތަކާއި އެކު ޓްރަކުގެ އަގު 50،000 ޑޮލަރުން މަތިވާނެއެވެ. އެހެންކަމުން ބާޒާރުގައި މި ޓްރަކް ލިބިގެންދާނީ 200،000 ޑޮލަރަށް ކަމަށް އަންދާޒާކުރެވެއެވެ.

ޓީސިމްޕަލްއަކީ 2015ވަނަ އަހަރު އުފެދުނު ކުންފުނިއެކެވެ. މިހާތަނަށް މި ކުންފުނީން 2 މިލިއަން މައިލްސްގެ ރޯޑް ޓެސްޓު 70 ޕްރޮޓޮޓައިޕް ޓްރަކާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގި ވަނީ ކުރިއަށް ގެނަގޮސްފައެވެ. މި ކުންފުނީގެ މި އާ ޓްރަކް 2024 ގައި ލޯންޗުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.