އިންޑޮނޭޝިއާގެ މަޖިލީސްކުރާގޭގެ ބައްދަލުވުމުގެ ތެރެއިން

ހަބަރު

ޖިންސީގޯނާ އާއި ދެކޮޅަށް އިންޑޮނޭޝިއާ ގައި ފުރަތަމަ ފަހަރަށް ގާނޫނެއް ފާސްކޮށްފި

ދާނިޝް - އޭޝިއާ | 15 އޭޕުރިލް 2022 , ހުކުރު 13:30   225

މިދިޔަ އަންގާރަ ދުވަހު އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުން ޖިންސީގޯނާއާއި ދެކޮޅަށް ގާނޫނެއް ފާސްކޮށްފިއެވެ.

މިއީ އެގައުމުގައި ހިނގާ ޖިންސީގޯނާގެ އަމަލުތައް ހިއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައަޅާ، އެފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައަޅާ، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދީ އެހީތެރިވުމުގެ މަގްސަދުގައި ހެދިގެންދިޔަ ގާނޫނެކެވެ.

އިންޑޮނޭށިޔާގައި ޖިންސީގޯނާގެ ކޭސްތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އަދީ މިހާތަނާ ހަމައަށް މި ޖަރީމާ ހިންގާ މީހުނާމެދު އެދެވޭ ފިޔަވަޅެއް އެޅިފައިވާ ތަނެއް ފެންނާކަށެއް ނެތެވެ. މީގެ މައިގަނޑު ސަބަބަކީ މިކަން މަނާކޮށް، އަދަބު ކަނޑައެޅިފައިވާ ގާނޫނެއް ހެދިފައި ނެތުމެވެ.

ނަމަވެސް ފާސްވެގެން މިދިޔަ ގާނޫނު ތަނަފީޒުކުރެވެން ފެށުމުން މިކަމަށް ހައްލެއް ލިބި ޖިންސީގޯނާގެ ކޭސްތައް މަދު ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

އެޤައުމުގެ މަޖިލީސްކުރާގެގެ ރައީސް ޕުއާން މަހާރާނީ ވިދާޅުވީ، "މިއީ އިންޑޮނޭޝިއާގެ ހުރިހާ އަންހެނުންނަށް ދެވުނު ހަދިޔާއެއް" ކަމުގައި ދެކޭކަމަށެވެ.

މިޤާނޫނު ފާސްވެފައިވަނީ ވުޖޫދަށް ގެންނަން މަސައްކަތްކުރާތާ 10 އަހަރު ފަހުންނެވެ. މުސްލިމް ޕާޓީތަކުން ވެސް މިހާރުވަނީ މިބިލް ބަލައިގެންފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.