ވަލްނޭވާގެ ކޯވިޑް ވެކްސިން

ހަބަރު

ވަލްނޭވާގެ އާ ވެކްސިން އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަދީފި

ދާނިޝް - އެމެރިކާ | 16 އޭޕުރިލް 2022 , ހޮނިހިރު 14:27   353

ކޯވިޑް 19 އިން ރައްކާތެރި ވުމަށްޓަކައި ބޭނުންކުރަން އުފެއްދި ވަލްނޭވާ ގެ އާ ވެކަސިން އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

ފްރާންސްގެ ވަލްނޭވާ ކުންފުނިން ތަރައްގީ ކޮށްފައިވާ މި ވެކްސިން އުފައްދައިފާވަނީ ޑީއެކްޓިވޭޓް ކޮށްފައިވާ، މުޅި ކޮރޯނާ ވައިރަހުގެ ކޮޕީއެއް ބޭނުންކޮށްގެންނެވެ.

އެ ކުންފުނިން މައިލޫމާތު ދޭގޮތުގައި މީގެ ބޭނުމަކީ އިންސާނާގެ ހަށިގަނޑު ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދަސްކޮށްދިނުމެވެ.

އެސަޓްރާޒެނިކާ އަދި ފާއިޒާ ވެކްސިން ފަދައިން މި ވެކްސިންވެސް ޖެހުމަށް ހަމަޖެހިފައިވަނީ 2 ޑޯޒްގެ މަށްޗަށެވެ. މީގެ އިތުރުން މި ވެކްސިން ޖެހުމަށް ހުއްދަ ދެވިފައިވަނީ އުމުރުން 18 އަހަރާއި އުމުރުން 50 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި ފުރަތަމަ ޑޯޒާއި ދެވަން ޑޯޒާއި ދެމެދު 28 ދުވަހުގެ މުއްދަތެއް ހޭދަކުރަންވެސް ޖެހެއެވެ.

ޓެސްޓުތަކުން ދެއްކިގޮތުގައި ވެކްސިންގެ ތަހުލީލީ މަރުހަލައިގައި ވެކްސިން ޖެހި މީހުންގެ ލޭގައި ކޮރޯނާ ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރާ އެންޓިބޮޑީސްތައް އެސްޓްރާޒެނިކާ ވެކްސިން ޖެހި މީހުންނާއި އަޅާ ބަލައިއިރު ގިނައެވެ. ކޯވިޑް 19 ގެ ތަފާތު އެތަކެއް ވޭރިއެންޓްތަކެއް މިހާރު ފެންނަމުންދާއިރު ކަމާބެހޭ މާހިރުން ބުނާގޮތުގައި މުޅި ވައިރަސް ބޭނުންކޮށްގެން އުފައްދާ ވެކްސިން މާ ރަނގަޅު ވާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.

ވަލްނޭވާގެ މި ވެކްސިނަކީ އެމެރިކާގައި ބޭނުންކުރުމަށް ހުއްދަ ދެވިގެންދިޔަ 6 ވަނަ ވެކްސިނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.