އެންމެ ފަހުން ބޭއްވުނު ގޯދިއްޔާ މުބާރާތުގެ ތެރެއިން

ކުޅިވަރު

އެމްޓީސީސީ ގޯދިއްޔާ ފުޓުބޯޅަ މުބާރާތުގެ ފެށުން މިރޭ އައްޑޫސިޓީ އުސްގަނޑި ދަނޑުގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 އޭޕުރިލް 2022 , ހޮނިހިރު 14:42   230

އެމްޓީސީސީ ގޯދިއްޔާ ފުޓުބޯޅަ މުބާރާތް ފެށުމުގެ ރައްމިއްޔާތު މިރޭ އައްޑޫ ސިޓީ އުސްގަނޑި ދަނޑުގައި އޮންނާނެ އެވެ.

މިރަސްމިއްޔާތު ފެށޭނީ މިރޭ 9.25 ގައެވެ. އަދި މިރޭ ފުރަތަމަ މެޗުގައި ކުޅޭނީ އެފްސީ ބޭރުމަތި އާއި ސްކޫޕް ކަންމަތިއެވެ.

ގޯދިއްޔާ ފުޓުބޯޅަ މުބާރާތަކީ ދެކުނަށް ޚާއްސަކުރެވިގެން 80 ގެ އަހަރުތަކުން ފެށިގެން އައްޑޫ ސިޓީ މަރަދޫ ޖަމްޢިއްޔާއެއް ކަމުގައިވާ ގޯދިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ. ކޯވިޑްގެ ބަލިމަޑުކަމާއިއެކު އައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި އެކު، ފާއިތުވެދިޔަ ދެ އަހަރު މުބާރާތް ބޭއްވުމަށް ދަތިތަކާއި ކުރިމިވިއެވެ. ނަމަވެސް ހާލަތު ރަނގަޅުވެ މިހާރު މިވަނީ އަލުން މުބާރާތް ފެށޭވަރު ވެފައިއެވެ.

ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މިމުބާރާތުގައި ކޮންމެ ފަހަރަކުވެސް ބައިވެރިވެއެވެ. އަދި މިމުބާރާތަކީ ނަން މަޝްހޫރު އެތައް ކުޅުންތެރިން އުފައްދާފައިވާ މުބާރާތެކެވެ.

މިގޮތުން ފޭދޫ އިއްބެ ވެސް އެންމެ ފުރަތަމަ މުބާރާތަކުން ފެނިފައިވަނީ މިމުބާރާތުންނެވެ.

މެޗްތަކުގެ ތާވަލު.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.