ގޫގުލްގެ އާ އެޕް "ސްވިޗް ޓު އެންޑްރޮއިޑް"

ޓެކްނޯލޮޖީ

ގޫގުލްއިން އެޕަލް އާއި ވާދަޔަށް އެޕެއް ލޯންޗުކޮށްފި

ދާނިޝް - ދުނިޔެ | 17 އޭޕުރިލް 2022 , އާދީއްތަ 10:51   159

ޒަމާނުއްސުރެ ގޫގުލްއާއި އެޕަލް ކުންފުންޏަކީ ވަރަށް ވާދަވެރި ދެކުންފުންޏެވެ. އަބަދުވެސް ދެކުންފުނިން މަސައްކަތްކުރަމުންދަނީ ވާދަވެރި ކުންފުނީގެ ކަސްޓަމަރުންގެ ޝައުޤުވެރިކަން ހޯދޭނެފަދަ އުފެއްދުމެއް ބާޒާރަށް ނެރުމަށެވެ.

މި ގޮތުން މިފަހަރު ގޫގުލްއިން ތައާރަފްކޮށްފައިވަނީ "ސްވިޗް ޓު އެންޑްރޮއިޑް" ކިޔާ އެޕެކެވެ.

މި އެޕްގެ މަގްސަދަކީ އައިއޯއެސް ބޭނުންކުރައްވާ ފަރާތްތަކުގެ އަދަދު މަދުކޮށް އެންޑްރޮއިޑަށް އެ ފަރާތްތައް ތައާރަފް ކޮށްދިނުމެވެ. މި އެޕް މެދުވެރިކޮށް އައިފޯން ގެންގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު، ފޯނުގެ ޑާޓާތައް، ފޮޓޯ، ވީޑިއޯ، ކޮންޓެކްޓް ލިސްޓް އަދި ކަލަންޑާ އިވެންޓްތައް އެންޑްރޮއިޑް ޑިވައިސް ތަކަށް ވަޔާލެސް ކޮށް ބަދަލުކޮށްލެވޭނެއެވެ.

މީގެ އިތުރުން ގޫގުލް ކޯލްސްގެ "ހެލްޕްފުލް ޓިޕްސް" ފީޗާވެސް މި އެޕްގައި ހިމެނިފައިވެއެވެ. މި ފީޗާ މެދުވެރިކޮށް އައިކްލައުޑް އިން ފޮޓޯތައް އުނދަގުލަކާއި ނުލައި ގޫގުލް ފޮޓޯސްއަށް ޓްރާންސްފާ ކޮށްލެވޭނެއެވެ.

ގޫގުލްއިން ތައާރަފްކުރި މި އެޕަކީ މީގެ އަހަރުތަކެއް ކުރިން އެޕަލްއިން ލޯންޗުކުރި "މޫވް ޓު އައިއޯއެސް" އެޕާއި ދާދި އެއްގޮތް އެޕެކެވެ. ނަމަވެސް ގޫގުލްގެ އެޕާއި ހިލާފަށް މި އެޕުން ފޮޓޯ، ވީޑިއޯ، ކަލަންޑާ އިވެންޓްސް އަދި ކޮންޓެކްޓް ލިސްޓުގެ އިތުރުން ވެބް ބުކްމާކްސް، މެއިލް އެކައުންޓްސް އަދި މެސެޖް ހިސްޓްރީވެސް ޓްރާންސްފާ ކޮށްލެވެއެވެ.

މި އެޕުގެ ސަބަބުން އެޕަލް އާއި ގޫގުލް ދެމެދުގައިވާ ވާދަވެރިކަން އިތުރު ވެގެން ދާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރައްވައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.