އެމްޓީސީސީ ގޯދިއްޔާ ފުޓްސަލް ކަޕް ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ އުސްގަނޑި ދަނޑުގައި ފަށައިފިއެވެ.
އޭޕްރިލް މަހުގެ 16 އިން މޭ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ގިނަ ފުޓުބޯޅަ ތަރިންތަކެއް ހިމެނެއެވެ.
މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް ޢަލީ ނިޒާރު އެވެ.
ޢަލީ ނިޒާރުގެ ވާހަކަފުޅުގައި ގޯދިއްޔާއިން 12 އަހަރު ވަންދެން ކުރިއަށް ގެންގޮސްފައިވާ މިމުބާރާތުގެ ސަބަބުން މުޖްތަމަޢުގެ ގުޅުން ވަރުގަދަވެ ބަދަހިވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް މުހިއްމު ފުރުޞަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ގޯދިއްޔާ ހިންގުމުގައި ޙަރަކާތްތެރިވާ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާ ކުރެވިއެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކޮށްފައިވަނީ އެފްސީ ބޭރުމަތި އަދި އެފް ސްކޫޕް ކަންމަތިއެވެ. މިމެޗު 3-0 އިން ކާމިޔާބު ކުރީ އެފްސީ ސްކޫޕް ކަންމަތި އެވެ. މިމެޗުގެ މޭން-އޮފް-ދަ-މެޗް އަކަށް ހޮވިފައިވަނީ އެފްސީ ސްކޫޕް ކަންމަތީގެ ޖޯޒީ ނަމްބަރު 97 ޢަބްދުއްﷲ ޝާފިޢު އެވެ.
ފޮޓޯ: މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ބޭރުމަތި އަދި އެފްސީ ސްކޫޕް ކަންމަތި ކުޅެނީ
ވީޑިއޯ : މެޗަށް ފަހު ކޯޗުންގެ އިންޓަވިއު (އެފްސީ ބޭރުމަތި އަދި އެފްސީ ސްކޫޕް ކަންމަތި)