ސްވިޑްންގައި ހަމަނުޖެހުންތަކެއް ހިންގަނީ

ދީން

ސްވީޑްންގައި ޤުރުއާން އަންދާލުމާއި ގުޅިގެން ހަމަނުޖެހުން

އަލީ އަޒްޔަން - ޔޫރަޕް | 18 އޭޕުރިލް 2022 , ހޯމަ 10:25   293

އުތުރު ޔޫރަޕްގެ ޤައުމެއް ކަމަށްވާ ސްވީޑްންގައި ޤުރުއާންގެ މުސްޙަފެއް އަންދާލުމާއި ގުޅިގެން އެޤައުމުގެ އެކި އެކި ސިޓީތަކުގައި ހަމަނުޖެހުން ހިންގަމުންދާކަމަށް ބީބީސީ ބުނެފިއެވެ.

ޤުރުއާން އަންދާލުމަށް މަސައްކަތްކޮށްފައި ވަނީ އެހެންޤައުމުތަކުން ޔޫރަޕަށް ހިޖުރަކުރާ އެހެން ދަރިކޮޅުގެ މީހުންނާއި ދެކޮޅު (އެންޓައި އިމިގްރެންޓް) ޖަމާޢަތަކުންނެވެ. އަދި މިކަމާއި ގުޅިގެން އިރާގާއި އިރާނުގެ ސަރުކާރުތަކުން ވަނީ އެޤައުމުގައި ހުރި ސްވިޑްންގެ ޚާރީޖީ ފަރާތްތައް ޙާޒިކޮށް ސުވާލުކޮށްފައެވެ.

މިއީ މިހަމަނުޖެހުންތައް ކުރިއަށްދާ ހަތަރުވަނަ ދުވަހެވެ. ހޮނިހިރު ދުވަހު މިހަމަނުޖެހުންތައް ވަރަށް ބޮޑަށް ގޯސްވެ ގިނަ ވެހިކަލްތަކެއްގައި އަލިފާން ރޯކޮށްފައިވެއެވެ. އަދި 17 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ސްވިޑްންގެ ޤައުމީ ފުލުހުންގެ އިސްވެރިޔާ އެންޑަރސް ތޯންބާގް ބުނެފައިވަނީ "މީގެ ކުރިން ވެސް ވަރަށް ނުރައްކާތެރި ހަމަނުޖެހުން ހިންގާފައި އެބަހުރި. އެކަމަކު މިވަރުގެ ކަމެއް ނުދެކެން މީގެ ކުރިއަކުން".

ވީޑިއޯ ފުޓޭޖް : ސްވީޑްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން - ODN News

'ހާޑް ލައިން' ނަމަކަށް ނަމަކަށް ކިޔާ ޖަމާޢަތެއްގެ ލީޑަރު، ރާމުސް ޕަލޫޑާން ނަމަކަށް ކިޔާ، ޑެންމާކް ދަރިކޮޅުގެ ސްވިޑްން އަށް ނިސްބަތްވާ ހައްދު ފަހަނަޅާފައިވާ އިސްލާމުންގެ އެންމެ މާތް ފޮތް އަންދާލައިފައިވާ މިމީހާ، 2020 ވަނަ އަހަރު ނަސްލީ ތަފާތުކުރުންތަކުގެ ތުހުމަތުގައި އެއް މަސް ދުވަހަށް ޖަލަށް ލާފައިވެއެވެ.

ފްރާންސް އަދި ބެލްޖިއަމް ހިމެނޭގޮތަށް، ޔޫރަޕްގެ އެހެން ޤައުމުތަކުގައި ވެސް މިމީހާ ވަނީ މިފަދަ ޙަރަކާތް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. އަދި ބުނަމުން ދަނީ ކުރިއަށް އޮތްތަނުގައި ވެސް އެކަން އެގޮތަށް ކުރާނެ ކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.