ރޮނާލްޑޯއާއި އޭނާގެ ކުދިންން އަދި ލޯބިވެރިޔާ

ހަބަރު

ވިހެއުމުގެ ތެރޭގައި ފިރިހެން ދަރިފުޅު މަރުވެއްޖެ ކަމަށް ރޮނާލަޑޯ ބުނެފި

ދާނިޝް - ޔޫރަޕް | 20 އޭޕުރިލް 2022 , ބުދަ 09:09   352

މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ދަރިފުޅު ވިހެއި އިރު މަރުވެފައިވާ ކަމަށް ރޮނާލްޑޯ ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.

އެއްމާބަނޑު ކުދިންގެ ތެރެއިން ފިރިހެން ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވިކަން ހާމަކޮށް ރޮނާލްޑޯ ކުރި ޕޯސްޓުގައި ބުނެފައި ވަނީ މިއީ ވަރަށް ހިތާމަވެރި ވަގުތެއް ކަމަށް ބުނެފައެވެ.

"އަހަރެމެންގެ ތުއްތު ފިރިހެން ދަރިފުޅު މަރުވިކަން ހާމަ މިކުރަނީ ވަރަށް ފުން ހިތާމަ އާ އެކު. މިއީ މައިންބަފައިންނަށް ދިމާވާނެ އެނެމެ ހިއްދަތި ވަގުތު. މި ދަނޑިވަޅު ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބެނީ ތުއްތު އަންހެން ދަރިފުޅު އުފަންވުމުން." ރޮނާލްޑޯ އާއި ޖޯޖީނާ އާންމު ނުރި ޕޯސްޓެއްގައި ވެއެވެ.

ރޮނާލްޑޯ އާއި ޖޯޖީނާ ވަނީ މި ދަނޑިވަޅުގައި އެ އާއިލާގެ ޕްރައިވެސީ އަށް އިހްތިރާމް ކުރުމަށްވެސް އެދިފައެވެ. އަދި އެންމެހައި ޑަކުޓަރުންނާއި ނަރުހުންނަށް ވަނީ ޝުކުރުވެސް އަދާ ކޮށްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.