ނާތިޖް ޢަލީ - ވީޑިއޯ އިންޓަވިއު ތެރެއިން

ކުޅިވަރު

ވީޑިއޯ އިންޓަވިއު : ނާތިޖް ބޭނުންވަނީ އައްޑޫ ސިޓީގެ އެއްވަނަ ކުޅިވަރަކަށް ބެޑްމިންޓަން ވެގެންދިއުން

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 އޭޕުރިލް 2022 , އަންގާރަ 13:13   1058

ވިދަމުން އަންނަ އައްޑޫ ސިޓީގެ ބެޑްމިންޓަން ތަރި، ނާތިޖް ޢަލީ އާއިއެކު އަޅުގަނޑުމެން ވަޤުތުކޮޅެއް ހޭދަކޮށްފީމެވެ.

ނާތިޖް އޭނާގެ ހުވަފެންތައް ކިޔާދެމުން ބުނެފައިވަނީ، އޭނާ އަށް ބެޑްމިންޓަންގެ ތެރެއަށް ވަދެވުނީ ރަށްޓެހިންކޮޅަކާއި އެކު މަޖަލަކަށް ކުރިކަމެއްގެ ސަބަބުންކަމަށެވެ. އަދި އޭނާއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކުރިއެރުންތައް ލިބެމުން އައި ކަމަށާއި، ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބުނު ކަމަށެވެ.

ފަހަކަށް އައިސް ބެޑްމިންޓަންގެ ފޯރި އައްޑޫގައި ވަރަށް ގަދަ އެވެ. އަދި ނާތިޖް އަކީ މިދިޔަ 7 ވަރަކަށް އަހަރުތެރޭގައި މިކަމުގައި އެންމެ ޙަރަކާތްތެރި އެކަކުކަމުގައި ފާހަގަ ކުރެވެއެވެ.

އޭނާ ވަނީ ބީޑަބްލިއުއެފެ ލެވެލް އެކެއްގެ ސެޓްފިކެޓް ހޯދާފައެވެ. އަދި ހުނަރުވެރި ޒުވާން ކޯޗެއްވެސް ވެސް މެއެވެ. ތަފާތު އެކި ލެވެލްތަކުގައި ބެޑްމިންޓަން ކްލަބެއް އަދި އެކެޑެމީއެއް ޙަރަކާތްތެރިވަމުން، އެކި ލެވެލް ތަކުގެ ކޯޗިން ޕްރޮގްރާމްތައް ވެސް އޭނާ އަންނަނީ ރާވާ ހިންގަމުންނެވެ.

ވީޑިއޯ : އިންޓަވިއު

އޭނާ ދެކޭގޮތުގައި ބެޑްމިންޓަނަށް އައްޑޫގައި ހުރަސްތަކެއް ހުއްޓަސް އުއްމީދުބޮޑެވެ. އެންމެ ބޮޑު އެއް ހުރަހަކަށް އޭނާ ފާހަގަ ކުރީ ފެންވަރު ރަނގަޅު އަދި ޑެޑިކޭޓެޑް އަމްޕަޔަރުން ލިބުމުގެ ދަތިކަމެވެ. އަދި ކުޑަކުދިންނާއި ޒުވާނުން ކުޅިވަރަށް އަހުލުވެރިވާ މިންވަރު ދަށްވުމެވެ.

ބައެއް މީހުން ބެޑްމިންޓަނަކީ ހަމައެކަނި ވަކި ޢުމުރުފުރާ އަކަށް އޮންނަ އެއްޗެއްކަމަށް ބުނާއަޑު އިވޭ ކަމަށެވެ. ނަމަވެސް ނާތިޖް ބުނީ ދުނިޔޭގެ އެހެންތަންތަނަށް ބަލާއިރު ވެސް އެއީ އެކަން އޮތްގޮތް ނޫންކަމަށެވެ. ބެޑްމިންޓަން އަކީ ހުރިހާ ޢުމުރުފުރާ އަކަށް ވެސް ފަސޭހައިން ކުޅެވޭނެ ކުޅިވަރެއް ކަމަށެވެ.

ސިކުނޑި އާއި ޙަރަކާތުގެ މިކުޅިވަރުން ގިނަގުނަ ފައިދާ ކުޑަކުދިންނަށް ވެސް ލިބޭއިރު ސްކޫލްތަކުގައި ހަރުދަނާކޮށް މިކުޅިވަރު ކުރިއަށް ގެންދިއުމަށްޓަކައި ޓީޗަރުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވަފައިވެއެވެ.

ޒުވާނުންނަށް ކުޅިވަރުގައި ހުރި ޚާއްސަކަން ފާހަގަކޮށް ހުޅުވިފައިވާ ފުރުޞަތުތައް ވެސް އޭނާ ވަނީ ކިޔައިދީފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.