ޔޫކްރެއިންގެ އިރު ދެކުނު ސަރަހައްދުތަކުގެ މިހާރުގެ ހާލަތު

ދުނިޔެ

ޔޫކްރެއިންގެ އިރު ދެކުނު ސަރަހައްދުރަކަށް ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް

ދާނިޝް - ޔޫރަޕް | 20 އޭޕުރިލް 2022 , ބުދަ 15:45   729

ޔޫކްރެއިނުގެ އިރުދެކުނު ސަރަޙައްދުތަކަށް ރަޝިއާ އިން ދެމުންދާ ޙަމަލާތައްވަނީ ވަރުގަދަކޮށްފައެވެ. އަދި ރަޝިޔާއިންވަނީ ދިގުރާސްތާގެ ބޮންއަޅާ މަތިންދާބޯޓު ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށައި ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މެރިއުޕޯލަށް ވަރުގަދަ ޙަމަލާތަކެއް ދޭންފަށައިފައެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ރަޝިޔާ މި ހަނގުރާމައިން ބަލި ނުވާނެކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ. ހަމައެހެންމެ ރަޝިއާގެ ފައުޖުތަކުން މަސައްކައްކުރާނީ އަބަދުވެސް އެގައުމުގެ ދިފާއިގައި ކަމަށްވެސް ބުނެފައެވެ. މީގެ ކުރިން ޕޫޓިން ވަނީ ރަޝިއާގެ ސަލާމަތަށް ނުރައްކާ ވެއްޖެނަމަ ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަންވެސް ފަސްޖެހިވަޑައިނުގަންނަވާ ގޮތަށް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ޔޫކްރެއިންގެ ކިޔޭވްއާއި އިރު ދެކުނު ސަރަހައްދުގެ އެހެނިހެން ސަރަހައްދުތައް ހިފަން ރަޝީޔާއިން ކުރި މަސައްކަތް ކުރިން ވަނީ ނާކާމިޔާބު ވެފައެވެ.

މީގެ ސަބަބަކީ ކިޔޭވްއަށް ވަދެގަތުމަށް މަސައްކަތްކުރާ ރަޝިޔާ ސިފައިންގެ ޓޭންކުތަކާއި އާމަޑް ވެހިކަލްތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ބޭނުންކުރާ ކުރުރާސްތާގެ ހަތިޔާރުތަކެވެ. މީގެއިތުރުން ޔުކްރޭންގެ ވެރިރަށް ކިޔޭވްއަކީ އެތައް ސަތޭކަ އަކަކިލޯމީޓަރުގެ ބޮޑު ސިޓީއަކަށް ވެފައި މިވަރުގެ ބޮޑު ސަރަހައްދެއް ބިމުން ކޮންޓްރޯލް ކުރެވޭވަރުގެ ގިނަ އަދަދެއްގެ ސިފައިން ރަޝިއާގެ ލަޝްކަރުގައި ނެތުމަކީވެސް މިކަމުގެ ސަބަބެކެވެ.

ރަޝިޔާއިންވަނީ މީގެ ދެހަފްތާވަރު ކުރިން ކިޔޭވްއަށް ދެމުންދިޔަހަމަލާތައް ހުއްޓާލައި ފަހަތައް ޖެހިފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ސުލްހާގެ މަޝްވަރާތަށް ކުރުމަށް ފުރުސަތު ދިނުމަށްކަމަށްވެއެވެ.

ނަމަވެސް މި މަޝްވަރާތައް ހުއްޓުމަކަށް އައިސް ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ވަރުގަދަ ވެގެން ދިޔައެވެ. މިގޮތުން ޔޫކްރެއިނުން ވަނީ ކަޅު ކަނޑުގައި ޙަރަކާތްތެރިވަމުންދިޔަ ރަޝިޔާގެ އެންމެ ބޮޑު މަނަވަރު މިސައިލު ހަމަޔާއަކުން ފައްތާލައިފައެވެ. މި ހަމަލާގެ ރައްދުގައި ރަޝިޔާގެ ދިފާއީ ވުޒާރާއިން އަލުން ކިޔޭވަށް ވަރުގަދް ހަމަލާތަކެއް ދޭނެކަމަށް އިންޒާރުދީ އެކަމުގެ އަމަލީ ފިޔަވަޅު އަޅަން ފަށައިފައެވެ.

މިގޮތުން ރަޝިޔާގެ ފައުޖުތަކުން ދަނީ ކިޔޭވުގެ މިސައިލް އުފައްދާ ކާރުހާނާތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. މި ހަމަލާ ތަކުން ބޮޑެތި ގެއްލުންތަކެއް ޔޫކްރެއިނަށް ދަނީ ކުރަމުންނެވެ.

ޔޫކްރެއިނަގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބައި މިލިޔަން ޔުކްރޭން ރައްޔިތުންދަނީ ހާލުގައި ޖެހި ރެފިއުޖީންނަށް ވަމުންނެވެ. އަދި މިހާތަނަށް އެގައުމުގެ 12 މިލިޔަން މީހުން ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައިވާ ކަމަށް .އ.ދ. އިން މައުލޫމާތު ދީފައިވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.