އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓާރ ޑރ. ޖައިޝަންކާރ

ހަބަރު

އިންޑިއާއިން ރާއްޖޭގެ 7 ޕްރޮޖެކްޓަކަށް ފައިސާ ދެނީ

ދާނިޝް - ކ. މާލެ | 20 އޭޕުރިލް 2022 , ބުދަ 15:37   448

އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެނެޓް ޕޮރޮޖެކްޓްގެ ދަށުން ރާއްޖޭގައި ހިނަގުމަށް ހަމޖެހިފައިވާ 7 މަޝޮރޫއަކަށް އެ ސްކީމް އިން ފަންޑުކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ. މިކަން އިއުލާން ވެގެން ދިޔައީ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓާރ ޑރ. ޖައިޝަންކާރ ރާއްޖެއަށް މިފަހުން ކުރި ރަސްމީ ދަތުރުފުޅެއްގައެވެ.

މި 7 މަޝްރާއަށް އަނަދާޒާކުރެވޭ ގޮތުގައި 132 މިލިޔަން ރުޕީސް ނުވަތަ 27 މިލިޔަން ރުފިޔާ ޙަރަދު ވާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫތަކަކީ ރާއްޖޭގެ 7 އަތޮޅެއް. .ހ.ދ، ނ، ކ. އ.ދ.، ތ، ގ.އ.، އަދި ސ އަތޮޅުގައި، އެތޮޅުތަކުގެ ސިއްޙީދާއިރާއި ޒުވާނުންގެ ތަރައްގީގެ ކުރިއެރުވުމަށާއި އާސާރީ ބިނާނަތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫތަކެކެވެ.

މިގޮތުން ކުޅުދުއްފުށި ހިސްޕިޓަލުގައި އޮޑިޓޮރީ ޔުނިޓެއް ހެދުމާއި، ދިޔަމިގިލި ގަނޑުވަރު އަދި ނ. ލަންދޫ މާބުދުގެ މިއުޒިޔަމްއެއް ތަރައްގީކުރުމާއި، ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރުމާއި. ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އެންޑް އޯތޮޓިކްސް ފެސިލިޓީ، ގ.އ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މެންޓްލް ހެލްތް ޔުނިޓެއް ތަރައްގީކުރުން ހިމެނެއެވެ.

މި މަޝްރޫތަކުގެ ހިމަނައިގެން ހައި އިންޕެކްޓް ސްކީމް ދަށުން އިންޑިއާއިން ރާއްޖޭގެ 27 މަޝްރޫއަކަށް ދަނީ ފަންޑުކުރަމުންނެވެ. އަދި މީގެ އިތުރުންވެސް އިންޑިއާގެ އެހީތެރިކަމުގެ ދަށުން ރާއްޖޭގެ 18 މަޝްރޫއެއް ފަށައި އޭގެތެރެއިން 15 މަޝްރޫއެއް ވަނީ ނިންމާ އިފްތިތާހު ކޮށްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.