ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން

ހަބަރު

1000 ދަރިވަރަކަށް ލޯނު، 12،000 ދަރިވަރަކު ހިލޭ ކިޔަވަމުންދޭ

އަލީ އަޒްޔަން - ކ. މާލެ | 20 އޭޕުރިލް 2022 , ބުދަ 21:21   496

ޖުމްލަ 1000 ދަރިވަރަކަށް ލޯނުދީފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ސޯލިޙް ވެސް ބައިވެރިވެވަޑައިގެންނެވި ޙަފްލާއެއްގައި ޚާރިޖީ ވަޒީރު ޢަބްދުއްﷲ ޝާހިދު ވިދާޅުވެފައިވަނީ އިންސާނީ ވަސީލަތް ތަރައްޤީކުރުމަކީ މިސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށެވެ. މިހާރު ފަށާފައިވާ ހުނަރު ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނަކީ މިކަމުގެ ސާފު ހެއްކެއް ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް 12،000 އަށް ވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ އަށް ކިޔަވަން ފަށާފައި ވާއިރު މީގެތެރެއިން 2000 ދަރިވަރުން ކޯސް ނިންމައި މަސައްކަތަށް ނިކުމެފައިވާކަމަށް ވިދާޅުވިއެވެ. އަދި 2023 ނިމޭއިރު އިތުރު 5،000 ދަރިވަރަކު ކޯސް ފުރިހަމަ ކުރާނެއެވެ.

މިޙަފްލާގައި އިންޑިއާ ސަރުކާރުން ދެއްވާފައިވާ ހިލޭ ކިޔެވުމުގެ 30 ފުރަޞަތަށް އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރެވިއެވެ.

ހަމަ އެހެންމެ ޑިގްރީ އިން ފެށިގެން ޕީއެޗްޑީއަށް ކިޔެވުމަށްޓަކައި، ތައިލެންޑް، ޕާކިސްތާނު، ތުރުކީ، އަދި ޖަރުމަނުގެ ޑިޕްލޮމެޓިކް މިޝަންތަކުން ދެއްވާފައިވާ އިތުރު 44 ހިލޭ ކިޔެވުމުގެ ފުރުޞަތަކީ މިފަރާތްތަކުން ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ދެއްވި ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.