މީހަކު ބަގީޗާއެއްގައި ގަހެއް އިންދަނީ

ހަބަރު

ގަސް ހައްދަން ދަސްކޮށްދޭ ކޯހެއް މައިކޮލެޖުން އައްޑޫގައި ފަށަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 އޭޕުރިލް 2022 , ބުރާސްފަތި 13:25   659

އެންމެ މޮޅު 3 ދަރިވަރަކަށް ބަނގްލާދޭޝް ހިލޭ ދަތުރު ދޭގޮތަށް، ރަނގަޅުގޮތުގައި ގަސް އިންދުމަށާއި، ގަހާއި ބެހޭ މުހިއްމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މައިކޮލެޖްގެ އައްޑޫ ކެމްޕަހުގައި ހުންނަ އެގްރިކަލްޗަރަލް ސްކޫލްގެ ފަރާތުން ކޯހެއް ފަށަން ތައްޔާރު ވެއްޖެއެވެ.

"ސެޓްފިކެޓް 3 އިން ގާޑެނިންގ" ގެނަމުގައި ކުރިއަށް ގެންދާ މިކުރު ކޯހަކީ 5 މަސް ދުވަހުގެ ކޯހެކެވެ. އަސާސީ ތަޢުލީމް ޙާޞިލްކޮށްފައިވާ، 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް މިކޯހުގައި ބައިވެވޭނެއެވެ.

މިކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ނަގަން ނިންމާފައިވަނީ 850 ރުފިޔާއެވެ. ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 10 ފަރާތަކަށް މުޅިން ހިލޭ ކޯހުގައި ބައިވެރިވެވޭނެ ކަމަށް އެމްއައި ކޮލެޖުން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން ވެސް އެންމެ މޮޅު ދަރިވަރަކަށް ހޮވޭ ފަރާތަކަށް ދަނޑުވެރިކަމުގެ ވިޔަފާރިއަށް ވަނުމަށްޓަކައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6880072 އަށް ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.