ގައްޒާގެ ހާލަތު ދައްކުވާދޭ ފޮޓޯއެެއް

ހަބަރު

އިޒްރާއީލުން އަނެއްކާވެސް ގައްޒާއަށް ހަމަލާތަކެއް ދީފި

ދާނިޝް - މެދުއިރުމަތި | 21 އޭޕުރިލް 2022 , ބުރާސްފަތި 20:04   206

އިޒްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފިއެވެ.

ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެއީ ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާޢަތަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.

އަދި މި ހަމަލާތަކަކީ ހަމާސް ޖަމާއަތުން ގައްޒާއިން ފޮނުވާލި ރޮކެޓް ހަމަލާ ތަކެއް، މެޑިޓެރޭނިއަން ކަނޑަށް ވެއްޓުމާ ގުޅިގެން އޭގެ ރައްދުގައި ދިން ހަމަލާ ތަކެއް ކަމަށް ބުނެފައެވެ. ހަމައެހެންމެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ގައްޒާގައި ހަމާސް އިން ރޮކެޓް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކާރުހާނާއެއްގެ އިތުރުން ހަމާސް ޖަމާއަތުގެ އަސްކަރީ ޕޯސްޓަކަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އާއި ހަވާލާދީ މީޑިއާ ތަކުން މައުލޫމާތު ލިބެއެވެ.

މިހަމަލާއި ގުޅިގެން ހަމާސް ޖަމާއަތުގެ ތަރުޖަމާނު، ހާޒިމް ގައްސާމް، މީޑިއާ ތަކައް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އިޒްރޭލުން ހަމަލާ ދިން ސަރަލައްދު ތަކުގެ ތެރޭގައި ދަނޑުބިންތައް ހިމެނޭ ކަން ފާހަގަކޮށްފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަން ދިފާއުކުރުމުގައި އެ ޖަމާއަތުނެ ފަސްނުގެހޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދީފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.