މަޝްހޫރު ހޮލީއުޑްގެ ބަތަލާ ޖެނިފާ އެނިސްޓަން

މުނިފޫހިފިލުވުން

ޖެނިފާ އެނިސްޓަންގެ ޙަޔާތުން ސިއްރެއް

ދާނިޝް - އެމެރިކާ | 21 އޭޕުރިލް 2022 , ބުރާސްފަތި 20:03   242

"ފްރެންޑްސް" ޓީވީ ސީރީޒްގެ ތަރި ޖެނިފާ އެނިސްޓަން މީގެ އެތައް އަހަރެއް ކުރިން އޭނާ އަށް ދިމާވާންފެށި ކަމެއްގެ ވާހަކަ ސިއްރުކޮށްގެން ހުރުމަށްފަހު އެކަން ހާމަކޮށްފިއެވެ.

މި ވާހަކަތައް އޭނާ ހިއްސާކުރީ އިންސޯމްނިއާ އާއި އަދި ސްލީޕް ސައިންސަށް މީހުން އަހުލުވެރި ކުރުމަށް ހިންގާ "ސީޒް ދަ ނައިޓް އެންޑް ޑޭ" ކިޔާ ކެމްޕޭނޭއްގެ ތެރެއިން "ޕީޕަލް" މަޖައްލާ އަށް ދިން އިންޓަވިއު އެއްގައެވެ.

ޖެނިފައި ވަނީ ނިދުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި އޭނާއަކީ ސްލީޕިން އެންޒައިޓީ އާއި ސްލީޕް-ވޯކިން އާއި އިންސޯމްނިއާ (ނިދަން އުނގޫވުމުގެ މައްސަލަ) ގެ ޝިކާރައަށް ވެފައިވާ މީހެއްކަމަށާއި މި ކަންތައްތައް ތަޙައްމަލު ކުރާތާ އެތަކެއް ޒަމާން މިހާރު ވެފައިވާ ކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ.

"މިކަންތައް ފެށުނީ އަހަރެންގެ ތިރީހުގެ އަހަރު ތަކުގެ ކުރީކޮޅުގަ ނޫނީ އެޔަށް ވުރެވެސް ކުރިން. އަހަރެން މިކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު ކޮށްފިން. މިހާރު ކުރިއާ އަޅާބަލައިރު ރަނގަޅު" ޖެނިފައި ބުނެފައި ވެއެވެ.

ހަށިގަނޑަށް ހަމަ ނިދި ލިބުމުގެ މުހިންމު ކަމުގެ ވާހަކަ ވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. އަދި ނިދުމުގައި ދަތި ކަމެއް ހުންން ކަމުގައި ވަނީނަމަ ސިއްޙީ އެހީތެރިކަމާއި ލަފާ ހޯދުމަށްވެސް ޖެނިފައ ވަނީ އިލްތިމާޒަކޮށްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.