ނެޓްފޮލިކްސް އެޕް

ޓެކްނޯލޮޖީ

ނެޓްފްލިކްސް ގެ 200،000 އަށް ވުރެ ގިން ސަބްކްރައިބަރުން ގެއްލިއްޖެ

ދާނިޝް - އެމެރިކާ | 21 އޭޕުރިލް 2022 , ބުރާސްފަތި 19:59   220

ދުނިޔޭގެ ފެންވަރުގައި އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް ގެ 200،000 ވުރެ ގިނަ ސަބްސްކްރައިބަރުން ގެއްލި ކުންފުނިއަށް ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް މިފަދަ ބޮޑު ގެއްލުމެއް ކުންފުންޏަށް ލިބިފައެއް ނެތެވެ.

ކަމާބެހޭ މާހިރުން އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ ތެރޭގައި، ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ ތެރެއިން 2.5 މިލިއަން ސަބްސްކްރައިބަރުން ގެއްލޭނެ އެވެ. މިކަމާ ގުޅިގެން ނެޓެފްލިކްސް އިން ބުނީ ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތަކެތީގެ އަގުއުފުލެން ފެށުމަކީ ވެސް މިކަމުގެ ސަބަބެއް ކަމަށެވެ.

ހަމަ އެއާއެކު، ރަޝިޔާއަށް ޚިދުމަތް ދިނުން ހުއްޓައި ލުމުންވެސް 700.000 މެމްބަރުން ގެއްލިގެން ދިޔަ ކަމަށެވެ.

މި ކުރިމަތި ވި ގޮންޖެހުމާއި ގުޅިގެން ޙިއްސާގެ ބާޒާރުގައި ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ 26 އިންސައްތަ ދަށްވެފައެވެ.

ނެޓްފްލިކްސްގެ އެންމެ ވާދަވެރި ކުންފުނިތައް ކަމަށް ވާ އެޗްބީއޯ އާއި ޑިޒްނީ ޗެނަލް ތަކުގެ މަޤްބޫލުކަން ދަނީ ހަލުވި މިނެއްގައި ކުރިއަށް ޖެހެމުންނެވެ. މިހެންކަމުން މި ކުންފުނިތަކާ ވާދަކުރުމަށް ނެޓްފްލިކްސް އިން އެމީހުންގެ ވިޔަފާރީގެ އަގު ކުޑަ ކުރެވޭނެ ގޮތަކާއި މެދު ވިސްނަން ޖެހިފައިވާ ކަމަށް ކަމާބެހޭ މާހިރުން ލަފާ ދެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.