ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓް

ހަބަރު

ހިތަދޫގައި 28 ފްލެޓަކަށް ކުރިމަތިލައި 740 ފަރާތް ނާކާމިޔާބު ވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 އޭޕުރިލް 2022 , ބުރާސްފަތި 21:15   371

ކެޓަގަރީ އޭ،ބީ،ސީ ގައި ނުދެވިހުރި 28 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 768 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އައްޑޫ ސިޓީ ކައުންސިލުން ޢާއްމުކޮށްފިއެވެ.

މި ފްލެޓްތަކަށް ކުރިމަތިލުމުގައި 18 އަހަރު ނުފުރޭ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް 5 ޕޮއިންޓްގެ މަގުން 20 ޕޮއިންޓަށް ވުރެ ގިނަ ނުވާގޮތަށް ޕޮއިންޓެދެއެވެ. މައިންބަފައިންގެ ގޯތިން ބަހާފައި ލިބޭބައި ދޫކޮށްލަން ބޭނުންވެއްޖެ ނަމަ އިތުރު 8 ޕޮއިންޓް ލިބެއެވެ. ކުރިމަތިލާފައިވާ ގިނަ ފަރާތްތަކުން ވަނީ މިޕޮއިންޓްތައް ހޯދާފައެވެ.

އަދި މިފްލެޓްތަކަށް ކުރިމަތި ލުމުގެ ޝަރުތު ތަކުގެ ތެރޭގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަ ފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައިވާނަމަ އެއްގޯޗެއް ދޫކުށްލަން އިޢްތިރާޒެއް ނެތް ކަމުގެ ސިޓީއެއް ހުށަހަޅަން ޖެހެއެވެ.

ޢާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު ޝަރުތު ހަމަނުވާ ގިނަ ފަރާތްތަކަކީ މިސިޓީ ހުށަހަޅާފައި ނުވާ ފަރާތްތަކެވެ. މީގެ އިތުރުން ޙާލަތު ބަލަން ގުޅުމުން ޖަވާބު ނުދޭ ފަރާތްތަކާއި ފޯމް ކެންސަލްކުރަން އެދިފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.

ބޯހިޔާވަހިވަހިކަމުގެ މައްސަލައަކީ އައްޑޫގައި ބޮޑު މައްސަލައެކެވެ. މިފަހަރު މިފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ޢަދަދަށް ބަލާއިރު ވެސް 97 ޕަސެންޓް މީހުން ތިބީ ބޯހިޔާވަހިކަމުގެ ޙައްލަކަށް އެދިއެދިއެވެ.

ރައީސް ޢަބްދުއްﷲ ޔާމީންގެ ސަރުކާރުގައި، 2014 ވަނަ އަހަރު ބިންގާ އެޅި މިފްލެޓްތައް ނިމި ސަރުކާރާއި ޙަވާލުކޮށްފައިވަނީ 5 ޑިސެމްބަރު 2017 ގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.