ައައްޑޫސިޓީ ހިތަދޫ ސިޓީ ސްކްއެއާ

ހަބަރު

އައްޑޫސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިންދައްތަ މިނިވަންކޮށްފި

ދާނިޝް - އައްޑޫ އަތޮޅު | 22 އޭޕުރިލް 2022 , ހުކުރު 05:48   522

އައްޑޫ ސީޓީ ހިތަދޫގައި، ޢުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 59 އަހަރުގެ އަންހެން މީހާ (އާމިންދިޔެ/ އާމިންދައްތަ) ގެ މައްޗަށް ހެކި ނެތް ކަމަށް ނިންމައި ދޫކޮށްލައިފިއެވެ.

މި މައަސަލައާއި ގުޅިގެން ފުލުހުން ބުނީ މައްސަލާގައި އާމިންދައްތަ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލަށް ހުށެހެޅުމުން، މައްސަލައިގައި ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށް ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާއެއް ނުލިބޭކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގައި ލިބުނު ހުރިހާ މައުލޫމާތެއްގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް ފުރިލަމައަށް މަސައްކަތްކޮށްފާ ވާނެކަމުގައެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ މަރޗް މަހުގެ 24 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން އާމިންދައްތަ ހައްޔަރުކުރުމުންނެވެ. އަދި މިކަމާ ގުޅިގެން އާމިންދައްތަ މިނިވަން ކުރުމަށް ގޮވާލައި ހިތަދޫގައި ސިލްސިލާ މުޒާހަރާތަކެއްވެސް ކުރިއަށް ގެންދިޔައެވެ.

މިހާރު އާމިންދައްތަ ވަނީ ދޫކޮށްލާފައެވެ. އަދި ބޭސްފަރުވާގެ އެހީތެރިކަން ހޯދަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.