ބަޔާންގެ ކުޅުންތެރިޔާ ޖަމާލް މުސިއަލާ އެޓީމްގެ އެލްފޮންސޯ ޑޭވިސް އާއި އެކު، މެޗުގެ ތިން ވަނަ ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ކުޅިވަރު

ބަޔާން މިޔުނިކް ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަން ލީގް ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް

އަލީ އަޒްޔަން - ޔޫރަޕް | 24 އޭޕުރިލް 2022 , އާދީއްތަ 18:52   332

ބަޔާން މިއުނިކް އިން ވާދަވެރި ޑޯޓްމަންޓް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު 10 ވަނަ ފަހަރަށް ޖަރުމަންގެ ފުޓުބޯޅާ ލީގް (ބުންޑެސް ލީގާ) ކާމިޔާބުކޮށްފިއެވެ.

މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގްތެރެއިން 10 ފަހަރަށް ޓީމެއް ޖެހިޖެހިގެން ތަށި ގެންދިޔަ ހަމަ އެކަނި ޓީމެވެ.

މެޗަށްފަހު ކުޅުންތެރިން ވަނީ ގިނައިރުތަކެއް ވަންދެން އުފާފާޅުކުރުމުގެ ޙަރަކާތް ކުރިއަށް ގެސްގޮސްފައެވެ.

ލީގްގައި ބަކީ 3 މެޗް ކުޅެން އޮތްވާ ބަޔާން ވަނީ 12 ޕޮއިންޓާއި އެކު ކުރި ހޯދާފައެވެ. ޑޯޓްމަންޓް އާއި ކުޅުނު މެޗުގައިވެސް ބަޔާން އިން ވަނީ ފުރަތަމަ ހާފް ނިމުނު އިރު 2 ގޯލުގެ ލީޑެއް ހޯދާފައެވެ. އެދެ ގޯލް ޖަހާދިނީ ސާޖް ނަބްރީ އާއި ރޮބާރޓް ލެވަންޑޮވސްކީ އެވެ.

އޭގެ ފަހުން ދެވަނަ ހާފްގައި ޕެނަލްޓީ އަކުން ގޯލެއްޖަހައި ޑޯޓްމަންޓް އިން ހަމަލާތައް ވަރުގަދަ ކުރިއެވެ. ނަމަވެސް ބަޔާންގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއަލާ މެޗް ނިމެން ކައިރި ވެފައި އޮތްވާ އިތުރު ގޯލެއްޖަހައި މެޗު ކަށަވަރު ކުރިއެވެ.

ބަޔާނުން އެގައުމުގެ ލީގް ކާމިޔާބުކުރި ނަމަވެސް، ވިލާރެއާލް އާއި ކުޅެ ޗެމްޕިއަންސް ލީގުގެ ކުއާރޓަރ ފައިނަލުން ކެޓުމާއި ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވިއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.