އެމަނުއެލް މެކްރޮން (ފަރަންސޭސިވިލާތުގެ ރައީސް)

ހަބަރު

ފްރާންސްގެ މެކްރޮން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި

ދާނިޝް - ޔޫރަޕް | 25 އޭޕުރިލް 2022 , ހޯމަ 13:42   375

ފަރަންސޭސިވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އެ ގައުމުގެ މިހާރުގެ ރައީސް އެމަނުއެލް މެކްރޮން، ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވައިފިއެވެ.

ފަރަންސޭސިވިލާތުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ހާމަކުރި ވަގުތީ ނަތީޖާތައް ދައްކާގޮތުން 24 އޭޕްރީލް ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މެކްރޯނަށް ވޯޓުގެ 58.2 ޕަސެންޓް ލިބިފައިވާއިރު އޭނާއާ ވާދަކުރި ކެންޑިޑޭޓް މޭރީ ލެ ޕޭންއަށް ލިބިފައިވަނީ ވޯޓުގެ 41.8 ޕަސެންޓެވެ. އަދި މީގެ ދެހަފަތާކުރިން އޭޕަރީލް 10 ގައި ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މެކްރޯންއަށް 27.4 ޕަސެންޓު ވޯޓު ލިބިފައިވާއިރު ލެ ޕޭންނަށް ލިބިފައިވަނީ ވޯޓުގެ 24.03 ޕަސެންޓެވެ. 2017 ގައި ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރެއްވީ މެކްރޯން އާއި ލެޕޭންނެވެ. އެފަހަރު ލެޕޭންގެ މައްޗަށް މެކްރޮން ކުރިހޯއްދެވީ 66 ޕަސެންޓު ވޯޓުން އިންތިޚާބު ކާމިޔާބުކުރެއްވާގެންނެވެ.

މިފަހަރުގެ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމާއެކު އެމަނުއެލް މެކްރޮން ވެފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި ފަރަންސޭސި ފުރަތަމަ ރައީސް ކަމުގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.