ހަނގުރާމާ ގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށް ދެމުންދާ އެހީތަކާއި ގުޅިގެން ރަޝިޔާއިން ވަރުގަދަ އިންޒާރެއް އެމެރިކާއަށް އަމާޒުކޮށްފިއެވެ.
ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު އެންތޮލީ އެންތޮނޯފު ވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށާއި އެނޫންނަމަ ދެ ފަރާތަށް ވެސް އިތުރު ގެއްލުންތަކެއް ލިބިދާނެކަމަށް އެމެރިކާގެ ސަރުކާރަށް އަންގާފައެވެ. އަދި އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޮނުވުން ނުހުއްޓާނަމަ ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަން މަޖުބޫރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން މި އިންޒާރު އެމެރިކާއަށް ދީފައިމިވަނީ އެމެރިކާގެ ޙާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާއި ދިފާޢީ ވަޒީރު ލޮޔިޑު އޮސްޓިން ޔޫކޮރެނުގެ ވެރި ރަށް ކިޔޭވަށް ރަސްމީދަތުރު ފުޅުއްގައި ވަޑއިގެންފައި ވަނިކޮށެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއާއި ދިފާއީ ވުޒާރާ އިން މައުލޫމާތު ދޭގޮތުގައ މިދަތުރުފުޅަކީ ޔުކްރޭންއާ ދެކޮޅަށް ރަޝިއާ ކުރަމުން ގެންދާ ހަނގުރާމައާއި ގުޅިގެން އެމެރިކާގެ ތާއީދާއި ހަމްދަރުދީ ޔޫކަރެއިނަށް އޮތްކަން ހާމަކޮށް ޔުކްރޭންއަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ބުލިންކެންނާއި އޮސްޓިން ވަނީ ޔުކްރެއިންގެ ރައީސާއި ބައްދަލުކޮށް ޔޫކްރެއިންއަށާއި ޔުކްރޭންއާ ސަރަޙައްދީ ރޮނގުން ގުޅިފައިވާ ގައުމުތަކަށް އެހީގެ ގޮތުގައި 700 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި މީގެ ތެރެއިން 322 މިލިޔަން ޑޮލަރަކީ އަސްކަރީއެހީގެ ގޮތުގައި ޔޫކްރެއިނަށް ދޭ އެހީއެއްކަމަށާއި، އަނެއް 378 މިލިޔަން ޑޮލަރަކީ އެހެނިހެން އެހީގެ ގޮތުގައި ދޭއެއްޗެއް ކަމަށްވެސް ވަނީ އިއުލާން ކޮށްފައެވެ.
މި އެހީތަކުގެ އިތުރުން އެމެރިކާއިން ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 3.6 ބިލިއަން ޑޮލަރުގެ ބަރުހަތިޔާރާއި ޓޭންކަރާއި މަތިންދާބޯޓާއި މަނަވަރާ މިސައިލް ހިމެނޭހެން، ހަތިޔާރުގެ އެހީ ޔޫކޮރެއިނަށް ފޯރުކޮށްދީފައެވެ. އެންތޮނޯފު ވަނީ މި އެހީތަކަކީ އަލިފާނަށް ތެޔޮއެޅުންފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.