ހޯމަ ދުވަހުގެރޭ މުބާރާތުގެ ކުއަރޓަރ ފައިނަލްގެ ތިންވަނަ މެޗުގައި އެފްސީ ޒެފިއަރ އާއި މައިލޯ އެފް ވާދަކުރި މެޗުގެތެރެއިން

ކުޅިވަރު

އެމްޓީސީސީ ގޯދިއްޔާ ފުޓްސަލް ކަޕްގެ ސެމީގެ މެޗުތައް ބުރާސްފަތި ދުވަހުގެރޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 އޭޕުރިލް 2022 , އަންގާރަ 16:23   512

އައްޑޫ ސިޓީގައި ކުރިއަށްދާ އެމްޓީސީސީ ގޯދިއްޔާ ފުޓްސަލް ކަޕްގެ ކުއަރޓަރ ފައިނަލްގެ މެޗްތައް ހޯމަ ދުވަހުގެރޭ ނިމި، އެމެޗްތަކުން މޮޅުވި ޓީމްތައް، މިހާރު ޓީމްތައް އަންނަނީ ސެމީ ފައިނަލަށް ތައްޔާރު ވަމުންނެވެ.

ގޯދިއްޔާ މުބާރާތް އިންތިޒާމް ކުރާ ގޯދިއްޔާ އެންޖީއޯ އިން ބުނެފައިވަނީ ސެމީ ފައިނަލްގެ މެޗްތައް މިހާރު ވަނީ 28 ވާ ބުރާސްފަތި ދުވަހުގެ ރެއަށް ތާވަލުކޮށްފައި ކަމަށެވެ.

މިގޮތުން ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ސްކޫޕް ކަންމަތި އަދި އެފްސީ ޔަންގް ވަންސް އެވެ. މިމެޗު ފެށޭނީ 22:00 ގައެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެފްސީ ޒެފިއަރ އަދި އޮޑައްސައު ރެކްރިއޭޝަން ސްޕޯރޓްސް އެވެ. މި މެޗު ފެށޭނި 23:00 ގައެވެ.

މުބާރާތުގެ ފައިނަލް މެޗްގެ ކުޅުން އޮންނާނީ އާއްދީތަ ދުވަހުގެރޭ 22:00 ގައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރާންޕޯރޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.