އީލާން މަސްކް

ޓެކްނޯލޮޖީ

44 ބިލިއަން ޑޮލަރަށް ޓެކް ޖަޔަންޓް މަސްކް ޓުވިޓާ ގަންނަނީ

ދާނިޝް - އެހެނިހެން | 27 އޭޕުރިލް 2022 , ބުދަ 13:26   175

މަޝްހޫރު ބިލިއަނަރު ޓެކް ޖަޔަންޓް މަސްކް ޓުވިޓާ ގަތުމަށް ހުށަހެޅި 44 ބިލިއަން ޑޮލަރުގެ ބިޑް ބަލައިގަތުމަށް ޓުވިޓާ ބޯޑުން ނިންމާފިއެވެ.

މި ނިންމުން ނިމިގެން ދިޔައީ މަސްކާއި ޓުވިޓާ ބޯޑާއި ދެމެދު ދެދުވަހަށް ދިގު ދެމިގެން ދިޔަ މަޝްވަރާ ބައްދަލުވުން ތަކަކަށްފަހު މިދިޔަ ހޯމަ ދުވަހުގައެވެ.

ޓުވިޓާގައި 80 މިލިއަނަށް ވުރެ ގިނަ މީހުން މަސްކް ފޮލޯކުރާ އިރު އޭނާ ވަނީ މީގެ ކުރިން ޓުވިޓާގެ ހިންގުމާމެދު ފާޑުކިޔައިފައެވެ. އަދި ޓުވިޓާގެ ފުލް ޕޮޓެންޝިއަލް އޭނާ ގެނެސްދޭނެ ކަމަށް ބުނެ ޓުވިޓާ ހިއްސާގެ ބޮޑު ބައެއް ގަނެފައެވެ. އެއައްފަހު މިމަހުގެ 14 ވަނަ ދުވަހު މަސްކު ވަނީ 43 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަންނަން ހުށަހަޅާފައެވެ. ނަމަވެސް ޓުވިޓާ ބޯޑާއި ކުރި މަޝްވަރާތަކަށް ފަހު އިތުރު 1 ބިލިއަން ޑޮލަރު ވަނީ ބިޑަށް އިތުރުކޮށްފައެވެ. މިއީ އިތުރު ހިއްސާ ގަތުމަށް އިތުރުކުރި އަދަދެއް ކަމަށް ބެލެވޭކަމަށް މީޑިއާ ތަކުން މައުލޫމާތު ދެއެވެ.

މަސްކް ޓުވިޓާ ގަންނަނީ ޓްވިޓާއަކީ ޕްރައިވެޓް ކުންފުންޏަކަށް ހަދައި އެ ޕްލެޓްފޯމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައިކަމަށް އޭނާ ބުނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.