ސްރީލަންކާ

ދުނިޔެ

ސްރީލަންކާއިން ވިސާ ވިއްކަނީ

ދާނިޝް - ލަންކާ | 27 އޭޕުރިލް 2022 , ބުދަ 13:26   404

އިޤްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރިލަންކާގައި، އެގައުމުގައި ދިގު މިއްދަތަކަށް ދިރިއުޅެވޭނެ ވިސާ ވިއްކަން ނިންމާފިއެވެ.

މިއީ އިޤްތިސާދީ ހާލަތު ގޯސްވެ ބޭރުގެ ފާއިސާގެ ބޭނުން އިންތިހާއަށް އެ ގައުމަށް ބޭނުނެވެފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެކެވެ. ހަމައެހެންމެ މިއީ "ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމް" ގެ ދަށުން ސްރީލަނަކާގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއުގެ ދަށުން ހިންގޭ ޕްރޮޖެކްޓެކެވެ.

އެގައުމުގެ މީޑިޔާތަކުން މައުލޫމާތު ދޭގޮތުގައި ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމަކީ 100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން 10 އަހަރު ދުވަހު ލަންކާގައި ދިރިއުޅެ މަސައްކަތްކުރުމުގެ ވިސާ ލިބިގެންދާނެ ޕްރޮގްރާމެކެވެ. މިކަމާ ގުޅުގެން ސްރީލަންކާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސާ ހޯދުމަށް ފާއިސާ ޖަމާކުރަން ޖެހޭނީ ސްރީލަންކާގެ ބޭންކަށެވެ. އަދި 10 އަހަރު ދުވަސް ވަނަދެން އެ ފާއިސާ ބޭންކުން ނުނެގޭނެ ކަމަށާއި ފާއިސާ ބޭންކުގައި ހުންނަން ޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ސްރީލަންކާ ސަރުކާރުން ވަނީ މަދުވެގެން 75،000 ޑޮލަރު ޚަރަދުކޮށްގެން އެގައުމުން އެޕާޓްމެންޓް ގަންނަ ފަރާތްތަކަށް 5 އަހަރު ދުވަހުގެ ވިސާއެއް ދިނުމަށްވެސް ނިންމާ އިއުލާނު ކޮށްފައެވެ.

ސްރީލަންކާގައި މިހާރު ބައެއް ޒަރޫރީ ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ތެލުގެ ސަޕްލައި ދަށަށް ގޮސް އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިއާއެކު ރައްޔިތުންގެ ތެރެއިން އެތައް މިލިއަން މީހުން ދަނީ ނުރުހުން ފައުޅުކޮށް ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މިއަހަރަށް ލަންކާއިން ދައްކަންޖެހޭ ބޭރުގެ ދަރަނީގެ އަދަދު 7 ބިލިއަން ޑޮލަރަށް އަރާފައިވާއިރު އެގައުމުގެ ފޮރިން ރިޒާވް ވަނީ ދުވަހަކުވެސް ނުވާވަރަށް ދަށަށް ގޮސްފައެވެ.

މިހާލަތާއި ގުޅިގެން ސްރީލަންކާއިން ވަނީ އައިއެމްއެފް ، ވޯރލްޑް ބޭންކް، ޗައިނާ، އިންޑިއާ، ޖަޕާން އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ އެހީތެރިކަމަށް އެދިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.