ތުރުކީވިލާތުގެ ވެރިރަށް އިސްތަންބުލް

ދުނިޔެ

މެލޭޝިޔާއާއި ތުރުކީވިލާތުން ކޯވިޑް-19 ގެ ފިޔަވަޅުތައް އުވާލައިފި

ދާނިޝް - އޭޝިއާ | 28 އޭޕުރިލް 2022 , ބުރާސްފަތި 15:34   373

މެލޭޝިޔާއާއި ތުރުކީވިލާތުން ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައިފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްތިބު ޢުރުދުޣާން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން ޢާއްމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފައި އޮތްއޮތުމަށްވެސް ނިމުމެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާކަމުގައެވެ. އެކަމަކު ޞިއްޙީ ޚިދުމަތް ހޯދައި ތަންތަނުގައާއި ޢާއްމު ދަތުރުފަތުރުކުރުމުގެ ހިދުމަތް ބޭނުންކުރާ ވަގުތުތަކުގައި މާސްއެޅުން އަދިވެސް މަޖުބޫރުވާނެކަމުގައެވެ.

މިނިންމުމާއި ބެހޭގޮތުން މެލޭޝިޔާގެ ހެލްތް މިނިސްޓާރ ޚައިރީ ޖަމާލުއްދީން ވިދާޅުވެފައިވަނީ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންނާއި ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ޤައުމުން ފުރުމުގެ ކުރިންނާއި ޤައުމަށް އެތެވުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރަން ނުޖެހޭނެ ކަމުގައެވެ. މީގެ އިތުރުން މީގެ ކުރިން ވެކްސިން ޑޯޒްތްއް ފުރިހަމަކޮށްފައިވާ މީހުންނާއި އަދި ނުކުރާ މީހުންނާއި ދެމެދު އަމަލުކުރަމުންދިޔަ ތަފާތު ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިބަދަލުތަކާއި އެކު ވެކްސިން ނުޖަހައި މީހުނަށްވެސް ސަރުކާރުގެ ވުޒާރާތަކުގެ ޙިދުމަތްތައް ލިބިގެން ދާނެއެވެ. އަދި ޢާއްމު ތަންތަނުގައި މާސްކު އެޅުންވެސް މަޖުބޫރެއް ނުވާނެއެވެ. ނަމަވެސް ޢާއްމު ބައެއް ތަންތަނުން ހިދުމަތް ހޯދުމާއި ދަތުރުފަތުރުގެ ހިދުމަތް ބޭނުންކުރާ ވަގުތުތަކުގައި މާސްކު އެޅުން އަދިވެސް ވަނީ މަޖުބޫރުކޮށްފައެވެ.

މެލޭޝިޔާގައި މިދޔަ އެއްމަސް ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 3،300 އަށް މައްޗަށް ދިޔައެވެ. މިއީ އޮމިކްރޯމް ވޭރިއެންޓް ފެތުރެން ފެށުމުން އިތުރުވި އިތުރުވުމެކެވެ. މިހާރު މި އަދަދު ވަނީ ދުވާލެއްގެ މައްޗަށް 30،000 މީހުންނަށް މަދުވެފައެވެ. ތުރުކީވިލާތަށް ބަލާއިރު މިދިޔަ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 15،000 މީހުންނަށް ކޯވިޑް-19 ޖެހިގެންދިޔްއެވެ. ނަމަވެސް މިހާރު މިއަދަދު ވަނީ ދުވާލެއްގެ މައްޗަށް 3،000 މިޙުންނަށް މަދުވެފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.