ް ޔޫއެންޑަބްލިއުޓީއޯ

ދުނިޔެ

ރަޝިއާއިން އ.ދ. ގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން ވަކިވަނI

ދާނިޝް - ޔޫރަޕް | 28 އޭޕުރިލް 2022 , ބުރާސްފަތި 14:05   443

އ.ދގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އިން ވަކިވާން ރަޝިއާއިން ނިންމައިފިއެވެ.

ޔޫއެންޑަބްލިއުޓީއޯއިން ވަނީ މިކަން ހާމަކޮށް މިދިޔަ ހޯމަދުވަހު ބަޔާނެއް ވެސް ނެރެފައެވެ.

ރަޝިއާ އިން މިނިންމުން ނިންމާފައި މިވަނީ، ޔޫއެންޑަބްލިއުޓީއޯގެ މެމްބަރު ގައުމުތަކުގެ މެދުގައި ރަޝިއާ ސަސްޕެންޑް ކުރުމާގުޅޭގޮތުން ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ނަމަވެސް ޖަމިއްޔާއިން ވަކިވުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރހަމަ ކުރުމަށް 1 އަހަރު ދުވަހާއި ގާތްކުރާ މުއްދަތެއް ނަގާނެއެވެ. މިހެންކަމުން ރަޝިއާއިން ވަކިވާން ނިންމި ނަމަވެސް އެ ގައުމު ސަސްޕެންޑް ކުރުމާމެދު ވޯޓުނެގުން ކުރިއަށް ގެންދާނެ ކަމުގައި ޔޫއެންޑަބްލިއުޓީއޯ އިން ބުނެފައިވާކަމަށް މީޑިޔާ ތަކުން މައުލޫމާތު ދެއެވެ.

ޔޫއެންޑަބްލިއުޓީއޯގެ މެންބަރު ގައުމުތަކުގެ ގޮތުގައި 160 ހިމެނޭއިރު، މަދުވެގެން 53 ގައުމުގެ ވޯޓު ލިބިގެން ނޫނީ ރަޝިއާ ސަސްޕެންޑެއް ނުކުރެވޭނެއެވެ. ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލް ވަނީ ރަޝިއާ ސަސްޕެންޑްކުރަން ހުރިހާ ގައުމުތަކުންވެސް ވޯޓުދޭނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވެފައެވެ.

އ.ދ ގެ އާންމު މަޖިލީހުން މިމަހުގެ ކުރީ ކޮޅު އ.ދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ރަޝިއާ ސަސްޕެންޑްކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.