ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޒެފިއަރ އަދި އޮޑައްސައު ކުޅެން ފެށުމުގެ ކުރިން ދަނޑުމަތީގައި އެތުރިލައިގެން

ކުޅިވަރު

ގޯދިއްޔާކަޕް 2022 : ޒެފިއާރ އަދި ސްކޫޕް ކަންމަތި ފައިނަލަށް

އަލްމާ - އައްޑޫ އަތޮޅު | 30 އޭޕުރިލް 2022 , ހޮނިހިރު 10:50   422

އެމްޓީސީސީ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ސެމީ ފައިނަލްގެ މެޗުތައް ނިންމާ ފައިނަލް މެޗަށް ތައްޔާރުވާން ޓީމްތަކުން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އައްޑޫސިޓީ އުސްގަނޑަ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލްގެ މެޗްތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އެފްސީ ސްކޫޕް ކަންމތި ބައްދަލު ކުރީ އެފްސީ ޔަންގް ވަންސް އާއި އެވެ. މިމެޗް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އެފްސީ ސްކޫޕް ކަންމަތިއެވެ.

އަދި ސެމީ ފަނަލްގެ ދެވަނަ މެޗުގައި އެފްސީ ޒެފިއަރ ވާދަ ކުރީ އޮޑައްސައު ރެކްރިއޭޝަން އެންޑް ސްޕޯރޓްސް އާއި އެވެ. މިމެޗު 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އެފްސީ ޒެފިއަރ އެވެ.

ވީޑިއޯ : މެޗަށް ފަހު އޮޑައްސައު ޓީމްގެ ކުޅުންތެރިއަކު އެކްސްޕްރެސް ނޫހަށް އިންޓަވިއު ދެނީ

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މޭމަހުގެ 1 ވަނަ (އާދީއްތަ) ދުވަހުގެ ރޭ 10:00 ގައި އުސްގަނޑަ ސްޓޭޑިއަމްގައެވެ.

މިމެޗް އެސްޕްރެސް ނޫހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާ އަކީ އެމްޓީސީސީ ކުންފުންޏެވެ. ޑިޖިޓަލް ޕާރޓްނަރަކީ އުރީދޫ އެވެ. މީޑިއާ ޕާރޓްނަރަކީ އެކްސްޕްރެސް ނޫހެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.