ނެޓްފްލިކްސް ކުންފުނީގެ އިމާރާތެއް

މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި

ދާނިޝް - ދުނިޔެ | 1 މެއި 2022 , އާދީއްތަ 14:12   194

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މަދުވެ 200،000 އަށް ވުރެ ގިނަ ސަބްސްކްރައިބަރުން ގެއްލުނުކަން އިއުލާންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.

މީޑިޔާތަކުން މައުލޫމާތު ލިބޭ ގޮތުގައި ނެޓްފްލިކްސް އިން ވަކިކުރީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓްކުރާ ޓީމެއް ކަމަށްވާ "ޓުޑުމް" ޕްލެޓްފޯމުގެ މުވައްޒަފުންނެވެ. އެތަނުން ވަކިކުރި ބައެއް މުވައްޒަފުން ވަނީ ސޯޝަލް މީޑިއާގައި ނެޓްފްލިކްސް އަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފައުޅުކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ނެޓްފްލިކްސް އިން މައުލޫމާތު ދިން ގޮތުގައި "ޓުޑުމް" ގެ ބައެއް މުވައްޒަފުން ވަކިކުރީ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓް ރީސްޓްރަކްޗާކުރުމުގެ މަސައްކަތުގެ ދަށުންނެނެވެ.

ނެޓްފްލިކްސް އިން ދަނީ ގިނަ ސީރީޒްތަކާއި ފިލްމުތައް ވެސް ކެންސަލުކުރަމުންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.