ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް

ހަބަރު

ރައީސުލް ޖުމްހޫރިއްޔާ ޤައުމާއި މުޚާތަބް ކުރައްވައިފި

އަލީ އަޒްޔަން - ކ. މާލެ | 1 މެއި 2022 , އާދީއްތަ 14:08   225

އާދީއްތަ (1 މޭއި) އަކީ ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަހެވެ. މިދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުހައްމަދު ސޯލިޙް ޤައުމާއި މުޚާތަބްތަބް ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

މައިގަނޑުގޮތެއްގައި ވާހަކަފުޅު ދެއްކެވީ ތަޢްލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ނެވެ. އަދި ތަޢްލީމަށް މިސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަ ކުރެވިއެވެ. ވިސްނުންތޫނު، ޢިމްލީ ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށް ވިދާޅުވިއެވެ.

މިއަދުން ފެށިގެން ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލު އަންނަން ފަށާނެކަމުގެ ޚަބަރު ދެއްވުމަކީ ބަރަކާތްތެރި ފިތުރު ޢީދާއި ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ލިބުނު އިތުރު ބޮޑު އުފަލެއް ކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މިހަމަ ޖެހުނު މުސާރައަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރާއިކު، މިއީ ރަނގަޅު މުސާރައެއްގެ ގޮތުގައި ޓީޗަރުން ބަލައިގަންނާނެކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ގެނެވުނު ބަދަލުތަކުގެ ތަފްސީލް ވަޒީރުން ޙިއްސާކުރައްވާނެއެވެ.

"ތަޢްލީމީ ދާއިރާ އަކީ ރަނގަޅު ފެށުމެއް. ސިއްޙީ ދާއިރާ އަކީ ވެސް މުހިއްމު ދާއިރާއެއް. އިޖްތިމާޢީ އަދާލަތު ހިފެހެއްޓުމަށްޓަކައި ވެސް ހުރިހާ ދާއިރާ އެއްގައި ވެސް މުސާރަ ރަނގަޅުވާންޖެހޭ. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިވަރަކުން، ހުރިހާ ދާއިރާއަކަށް ވެސް ހެޔޮ ބަދަލު ގެންނާނަން. " ރައީސް ވިދާޅުވިއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.